މުޅި ދުނިޔޭގައި ޔަހޫދުންގެ ނިސްބަތަކީ، 15.8 މިލިއަން އެވެ. މިދިޔަ އަހަރު ދުވަސްތެރޭގައި ޔަހޫދުންގެ އާބާދީއަށް އިތުރުވީ އެންމެ އެއްލައްކަ މީހުންނެވެ.
މިއީ ދުނިޔޭގެ އާބާދީ އިތުރުވުމުގެ ނިސްބަތުން ބަލާއިރު މަދު އަދަދެކެވެ.
ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި އިންދާފައިވާ ޓެރަރިސްޓް ޒަޔަނިސްޓު ދައުލަތުގައި 7.3 މިލިއަން ޔަހޫދުން ދިރި އުޅެއެވެ. އިޒްރޭލުން ބޭރުގައި އެންމެ ގިނަ ޔަހޫދުން އުޅެނީ، އެމެރިކާގައެވެ. އެމެރިކާގައި އުޅޭ ޔަހޫދުންގެ އަދަދަކީ، 6.3 މިލިއަން އެވެ.
ދުނިޔޭގައި އާބާދީ އިތުރުވާ ނިސްބަތަކީ 0.9 އިންސައްތައެވެ. ނަމަވެސް ޔަހޫދުންގެ މެދުގައި އާބާދީ އިތުރުވާ ނިސްބަތަކީ، 0.63 އިންސައްތަ އެވެ.
ޔަހޫދުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ޔަހޫދުން ކަމަށް ބަލާ ގޮތަށްވެސް ބަދަލު ގެނަސްފައި ވެއެވެ. މިހާރު މައިންބަފައިންގެ ތެރޭން ކޮންމެވެސް އެކަކަކީ ޔަހޫދީއެއް ކަމުގައިވެފައި ދީން ޤަބޫލު ނުކުރިއަސް އަދި ޔަހޫދީ ދީން ފިޔަވައި އެހެން ދީނެއް ޤަބޫލު ނުކުރާނަމަ އެމީހާއަކީ ޔަހޫދެއް ކަމުގައި ބަލާނެއެވެ.
އިޒްރޭލުން ދެމުންދާ ޓެރަރިސްޓް ހަމަލާތަކާއި ހިންގަމުން ގެންދާ ޖެނޮސައިޑާއި ހަނގުރާމައިގެ ޖަރީމާތަކާ ހެދި ގިނަ އަދަދެއްގެ މީހުން އިޒްރޭލުން ބޭރުވެފައި ވެއެވެ. އިޒްރޭލުގެ ތަފާސްހިސާބާ ބެހޭ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ޤައުމުން ބޭރަށް ހިޖުރަކޮށްފައިވާތީ މިހާރު ތަފާސްހިސާބެއް ނުބެލެހެއްޓެއެވެ.