އިޒްރޭލުން ދެމުންދާ ޓެރަރިސްޓް ޙަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދު ހޫނު ވުމުން ފްލައި ޑުބާއީއާއި އެމިރޭޓްސްއާއި އިއްތިޙާދުން، ތިން ޤައުމަކަށް ކުރާ ދަތުރުތަކަށް ބުރޫއަރައިފިއެވެ.

ޖޯޑަންއާއި ޢިރާޤާއި އީރާނަށް ކުރާ ދަތުރުތަކަށް ހުރަސްތައް ކުރިމަތި ވުމުގެ އިތުރުން ލުބުނާނަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

އޭގެ އިތުރުން ބައެއް ޤައުމުތަކުން ވަނީ އެމީހުންގެ ރައްޔިތުން މި ސަރަހައްދަށް ޒިޔާރަތް ނުކުރުމަށް އެދިފައެވެ.