އެތައް ބައެއްގެ އަތުން ފައިސާ އަތުލާ މަކަރާ ޙީލަތް ހަދައިގެން ފިލައިގެން އުޅުނު ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ ސްރީލަންކާއިން ހައްޔަކޮށްފިއެވެ.

އަހުމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ރޭގެ ވަގުތެއްގައިކަން ވަނީ އެނގިފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ އެއްވެސް މައުލޫމާތު ދިވެހި ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާއި ހަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު ފްލެޓްތައްވެސް ނަޅާ އެފައިސާތަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައި ވަނީ 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.