ހިފާފއިވާ ފަލަސްޠީނުގެ ބިންތަކުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ދައުލަތުގެ ތާރީޚުގައި ދިން އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ހަމަލަ ދިން ކޮމާންޑަރަށް އީރާނުގެ އިމާމް އާޔަތުالله އަލީ ޚާމަނާއީ އީރާންގެ މަތީ ޝަރަފަކުން ޒީނަތްތެރި ކުރައްވައިފިއެވެ. އީރާންގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެއަރޮސްޕޭސް ކޮމާންޑަރު ޖެނަރަލް ޢާމިރު ޢަލީ ޙާޖީޒާދާއަށް ޚާމަނާއީ ދެއްވި މެޑަލަކީ އަލްފާތިޙު ގެ ނިޝާނެވެ. މާނައަކީ، އެނާއަކީ ޒަޔަނިސްޓުން ފަތަހަ ކުރެއްވި ކޮމާންޑަރެވެ.
އުމުރުން 62 އަހަރުގެ ހާޖީޒާދާ އަކީ 2009 ވަނަ އަހަރު ގާޑްސް އެއަރޮސްޕޭސް ޔުނިޓް އުފެއްދި ފަހުން އެ ޔުނިޓުގައި އިސްކޮށް ހުންނަވާ ކޮމާންޑަރެވެ.
އިޒްރޭލަށް އަދަބު ދިނުމަށް އީރާނުން ވަނީ 180 ބެލެސްޓިކް މިސައިލުން ޙަމަލަ ދީފައެވެ. މިއީ ހަމާސްގެ ލީޑަރު ޝަހީދު އިސްމާޢީލު ހަނިއްޔާއާއި ޝަހީދު ޙުއްޖަތުލްއިސްލާމް ހަސަން ނަޞްރަﷲއަށް ޤިޞާޞް ހިފުމުގެ ގޮތުން ދީފައިވާ ހަމަލާތަކެކެވެ.
ޒަޔަނިސްޓުން ދަނީ އީރާނުގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ޙަމަލަ ދޭނެ ކަމަށް ބުނަމުންނެވެ. އަދި އެމެރިކާއިން ދަނީ އެކަމަށް ހިތްވަރު ދެމުންނެވެ. އީރާނުގެ ވައިގެ ސަރަހައްދުން މިއަދުވެސް އެމިރޭޓްސްގެ ފްލައިޓެއް ފިޔަވައި އިތުރު ބޯޓެއް އުދުހިފައެއް ނުވެއެވެ.