ނަތަންޔާހޫގެ ހަނގުރާމައިގެ ޖަރީމާތަކުގެ ވާހަކަ ނުދެއްކިކަމުގައިވިއަސް އޭނާގެ ޖަރީމާތަކާ ހެދި އޭނާގެ ވާހަކަ ދައްކަންވެސް މީހުން ލަދުގަނެއެވެ. ސީބީއެސްގައި އޮތް އިންޓަރވިއުއެއްގައި ކަމެލާ ހެރިސްއާ ނަތަންޔާހޫގެ ގުޅުމާ ބެހޭ ގޮތުން ސުއާލު ކުރެވުނެވެ. ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެމެރިކާގެ ނައިބު ރައީސް ހެރިސް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ގާތް އެކުވެރިއެއް ކަމަށް ވިދާޅުވުމަށް ދެކޮޅު ހައްދަވާފަ އެވެ.
ނޮވެމްބަރު މަހުގެ އިންތިޚާބުގެ ކުރިން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާއި ހެރިސްގެ ރިޔާސީ ރޭހުގެ ބަހުސް ގަދަވަމުންދާއިރު، އެމެރިކާގެ ވީޕީ ވަނީ މީޑިއާގައި އެނާ ފެނުން އިތުރު ކުރައްވާފައެވެ. އަދި އޭނާ ވަނީ، ޕޮޑްކާސްޓްތަކާއި ރޭޑިއޯ ޓޯކާއި ޓައުން ހޯލުތަކުގެ ބަހުސްތަކާއި ޓީވީ ޕްރޮގްރާމުތަކާއި ދަންވަރު ޓީވީ ޝޯތަކުގައި ބައވެރިވެ ވަޑައިގަންނަވަމުންނެވެ.
މި އިންޓަވިއު ދެއްކުމުގެ ކުރިން ސީބީއެސްގެ މުވައްޒަފު ސްކޮޓް ޕެލީ ވަނީ ޓްރަމްޕާ އެކު 60 މިނެޓްގެ އިންޓަރވިއުއެއް ހެދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ޓްރަމްޕް ވަނީ އެ ބައްދަލުވުން ކެންސަލް ކުރައްވާފައވެ.