އެފްރިކާގެ ހަނަފަސް ސަހަރާއަށް ބޯކޮށް ވާރޭ ވެހި ފެން އާރުތައް ހެދިއްޖެއެވެ. މިއީ ދިހަ އަހަރުގެ ތެރޭގައިވެސް ފެނިފައި ނުވާފަދަ ކަމެއްކަމަށް އެހިސާބު މީހުން ބުނެއެވެ. މޮރޮކޯގެ ޑިރެކްޓަރޭޓް އޮފް މީޓިއޮރޮލޮޖީން ބުނީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ބޯކޮށް ވާރޭ ވެހިފައިވާ ތަން ފެނިފައިވަނީ މީގެ 30 އަހަރާއި 50 އަހަރު ކުރިންނެވެ.
މޮރޮކޯގެ އިރުދެކުނު ސަރަހައްދުގައި އާންމުކޮށް ހޫނުކޮށް އޮންނަ ފަޅު ސަހަރާއަށް އެއްވެސް މިންވަރަކަށް ވާރޭ ނުވެހެއެވެ. އެކަމަކު މޮރޮކޯ ސަރުކާރުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު މަހު ދެ ދުވަސް ވަންދެން މެދުކެނޑުމެއްނެތި ވާރޭ ވެހުނު އިރު، މުޅި އަހަރު ތެރޭގައި ނުވެހޭ ވަރަށް ވެހިފައި ވެއެވެ.
އެންމެ ބޯކޮށް ވެހުނު ސަރަހައްދު ކަމަށްވާ ޓާޓާ އާއި ރަބާތުގެ ދެކުނުން ގާތްގަނޑަކަށް 280 މޭލު ދުރުގައި އޮންނަ އަވަށެއް ކަމަށްވާ ތާކޫނިތުއަށް އެންމެ 24 ގަޑިއިރުގެ ތެރޭގައި 3.9 އިންޗިއަށް ވުރެ ގިނައިން ވާރޭ ވެހިފައިވެ އެވެ.
ބޯކޮށް ވެހުމުން މީހުންނަށް އުފާވެރިކަން ގެނަސްދިއން އިރު މޮރޮކޯ އާއި އަލްޖީރިއާގައި 20 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. އަދި ފެން ބޮޑު ވެގެން ބައެއް ދަނޑުބިންތަކަށްވެސް ބައެއް ހިސާބުގައި ގެއްލުން ލިބިފައިވެއެވެ.