ޒަޔަނިސްޓުންގެ ހަ މީހަކަށް ވަޅިން ހަމަލަ ދީފިއެވެ. އޭގެ ތެރޭން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ބުނެފައި ވެއެވެ. މި ހަމަލާ ދީފައިވަނީ ހިފާފައިވާ ފަލަސްޠީނުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ހެޑްރާ އަވަށުގައެވެ.

ހަމަލަ ދިން މީހާ ވަޅި ޖަހާފައި ވަނީ ހަ ސަރަހައްދެއްގައި އުޅެފައެވެ. މިހާރު އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ޒަޔަނިސްޓް ފުލުހުން ބުނެއެވެ.

ޒަޔަނިސްޓުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު ވެސް ފަލަސްޠީނުގެ މިނިވަންކަން ހޯދުމަށާއި ބިންތައް މިނިވަން ކުރުމަށް މަސައްކަތް ކުރާ މީހުން ޒަޔަނިސްޓުންނަށް ޙަމަލަ ދެމުން ދެއެވެ. ފަލަސްޠީނުގެ ޖަމާއަތްތަކުން ދެކޭ ގޮތުގައި ޒަޔަނިސްޓު ދަޢުލަތަކީ ޝަރުޢިއްޔަތެއް ލިބިގެންވާ ދައުލަތެއް ކަމަކަށް އެމީހުން ޤަބޫލެއް ނުކުރެއެވެ.