އިންޑިއާއިން ޔޫއޭއީއާއެކު ހަދާފއިވާ އިންވެސްޓްމެންޓް ޓްރީޓީއަކީ ކުރިމަގުގައި އެހެން ޤައުމުތަކާއެކު އިންޑިއާއިން ސޮއިކުރާނެ ނަމޫނާ މުއާހަދާއެއްކަމުގައި އިންޑިއާއިން ބުނެއެވެ. ޔޫއޭއީއާއެކު ހަދާފައިވާ މުޢާހަދާއަކީ އިންޑިއާ-ޔޫއޭއީ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ (ބީއައިޓީ) އެވެ. މި މުޢާހަދާއަށް އަމަލު ކުރަން ފަށާފައި ވަނީ މިމަސް ފެށުމާއެކުގައެވެ. މިއީ 2013 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައިސްފައިވާ މުޙާއަދާއެއް އިތުރަށް ތަރައްޤީކޮށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ. މި މުއާހަދާގައި ޕޯޓްފޯލިއޯ އިންވެސްޓްމަންޓްތަކަށް ހިމާޔަތް ލިބި، އިންވެސްޓަރުންނަށް ފަސް އަހަރު ދުވަހުގެ ބަދަލުގައި ތިން އަހަރު ފަހުން ބައިނަލްއަޤްވާމީ އާބިޓްރޭޝަން ހޯދުމުގެ ފުރުޞަތު ދީފައި ވެއެވެ.
މި މުއާހަދާގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ އިންޑިއާގެ ސްޓްރެޓެޖިކް ސްޓްރެޓެޖިކް ސެކްޓަރތަކާއި ކޯރ އިންފްރާސްޓްރަކްޗަރގައި ޔޫއޭއީއަށް އިންވެސްޓް ކުރެވޭ ކަމެވެ. މިއީ ކުރިން ބޭރު އިންވެސްޓަރުންނާއި ޤައުމުތަކަށް އިންވެސްޓް ކުރެވޭ ގޮތަށް ހުޅުވާލާފައި އޮންނަ ސެކްޓާތަކެއް ނޫނެވެ.
ބިލިއަން މީހުންގެ ކުރިއަރަމުން އަންނަ އިޤްތިޞާދުގައި އިންވެސްޓު ކުރުމަށް ހުރި ފުރުޞަތުތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައާއި، އާޓިފިޝަލް އިންޓެލިޖެންސް (މަބް)އާއި އިންޑިއާގައި އާލާވަމުން އަންނަ ޑޭޓާ ސެންޓަރުތަކުގައާއި އިންފްރާސްޓްރަކްޗާއާއި އަސްކަރީ އަދި އޭރޯ ސްޕޭސް ދާއިރާގައި ޔޫއޭއީއަށް އިންވެސްޓް ކުރަން ހުއްދަ ދިނުން ހިމެނެއެވެ.
މި މުއާހަދާއަކީ ކުރިން ކޮށްފައިވާ އެހެން މިފަދަ މިނިވަން ވިޔަފާރި މުއާހަދާތަކާ ޚިލާފަށް، މާބޮޑަށް ހުޅުވާލެވިފައިވާ އިންވެސްޓްމަންޓް މާހައުލަކަށް ފައްތާފައިވާ މުޢާހަދާއެކެވެ.