ދުނިޔޭގެ ވިޔަފާރި މުއާމަލާތްތައް މިއަހަރު އިތުރު ވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ހަނގުރާމައާއި ހަމަނުޖެހުމުގެ ހާލަތާ ހެދި، ވިޔަފާރި ތަރައްޤީއަށް ހުރަސް އެޅިދާނެ ކަމަށް ދުނިޔޭގެ ވިޔަފާރި ޖަމުއިއްޔާ، ޑަބްލިއުޓީއޯއިން ބުނެއެވެ. ޑަބްލިއުޓީއޯގެ އަންދާސާއަކީ މިއަހަރު، 2.7 އިންސައްތައަށް ވިޔަފާރި ކުރިއަރައުގެންދާނެ ކަމަށެވެ. މިއަންނަ އަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 3 އިންސައްތައިގައެވެ.