ލުބުނާންގައި ހަރަކާތްތެރިވާ އދގެ ސިފައިންނަށް ޒަޔަނިސްޓުން ހަމަލާދިނުމާ ގުޅިގެން ފްރާންސުން އިޒްރޭލު އެމްބެސެޑަރު ހާޒިރުކޮށްފި އެވެ.

ފްރާންސުން ބުނެފައި ވަނީ މި ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށާއި އަދި އިޒްރޭލުގެ އުދުވާން ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ސިފައިންނަށް އިރުޝާދު ދޭން ޖެހޭނެ ކަމަށްވެސް ފްރާންސު ފްރޮން މިނިސްޓްރީން ބުންޏެވެ.

ފްރާންސަކީ އިޒްރޭލުން ހންގާ ޤަތުލުއާންމަށް ވާގިވެރިވުމަށް ހަތިޔާރު ސަޕްލައިކޮށްދޭ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެކެވެ.