އިންޑިއާގެ ރައީސް އަލްޖީރިއާއަށް ވަޑައިގެންފިއެވެ. އަލްޖީރިއާގެ އެއާޕޯޓުގައި އިންޑިއާގެ ރައީސަށް މަރުޙަބާ ވިދާޅުވީ އަލްޖީރިއާގެ ރައީސް ޢަބްދުލްމަޖީދު ޠައްބޫން އެވެ. މިއީ އިންޑިއާގެ ރައީސަކު އަލްޖީރިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ޑްރޫޕަޑީ މުރްމޫ ތިން ޤައުމަކަށް ވަޑައިގަންނަވާނެއެވެ. އަލްޖީރިއާގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުރްމޫ ވަނީ އިންޑިއާއިން އަލްޖީރިއާގެ މިނިވަންކަމަށްފަހު ގުޅުން ބަދަހި ކުރިގޮތުގެ ވާހަކަ ވިދާޅުވެ ދެއްވާފައެވެ. އަދި އިންޑިއާއާއި އަލްޖީރިއާ ދެމެދުގެ ގުޅުމާއި، އިޤްތިޞާދު ތަރައްޤީ ވަމުންދާ މިންވަރާ ބެހޭ ގޮތުންވެސް އެކަމަނާ ވާހަކަ ދެއްކެވިއެވެ.
އަލްޖީރިއާއަށްފަހު އިންޑިއާގެ ރައީސް ދެން ވަޑައިގަންނަވާނީ މޮރިޓޭނިއާއަށެވެ. އެއަށްފަހު އެކަމަނާގެ އެފްރިކާގެ ދަތުރުފުޅު ނިންމަވާލައްވާނީ މަލާވީންނެވެ.