އިންޑިއާ ސަރުކާރުން ވަނީ ސިފައިންގެ ތިން ޚިދުމަތަށް ޕްރިޑޭޓާ 31 ޑްރޯން ގަތުމަށާއި، އެ ޑްރޯންތަކުގެ މެއިންޓެނަންސް އަދި ރިޕެއާއާއި އޯވަހޯލް ކުރާ ފެސިލިޓީއެއް އިންޑިއާގައި ގާއިމް ކުރުމަށް އިންޑިއާ އާއި އެމެރިކާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ 4 ބިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.
އިންޑިއާ އާއި އެމެރިކާއިން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސް އޮފިޝަލުންގެ ހާޒިރުގައި ކަމަށް އިންޑިއާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. މިދިޔަ ހަފްތާގައި ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީ އިން ވަނީ ޕްރިޑޭޓާގެ 31 ޑްރޯން ގަތުމަށް ރުހުން ދީފަ އެވެ. މި 31 ޕްރިޑޭޓާ ޑްރޯންގެ ތެރެއިން 15 ޑްރޯން އިންޑިއާގެ ކަނޑުގެ ސިފައިންނަށް ދާއިރު، ބާކީ ބައިތައް ހަމަހަމަ ގޮތެއްގައި ވައިގެ ސިފައިންނާއި އެއްގަމު ސިފައިންގެ މެދުގައި ބަހާލެވޭނެ އެވެ.
މަތީގައި 35 ގަޑިއިރު ވަންދެން އުދުހުމުގެ ޤާބިލުކަން ލިބިފައިވާ މި ވައްތަރުގެ އެމްކިޔޫ 9ބީ، މަރުކާގެ ޑްރޯނަކީ، ހެލްފަޔަރ މިސައިލްގެ ހަތަރު މިސައިލް އުފުލުގެ ޤާބިލުކަން ލިބިފައިވާ ޑްރޯނެކެވެ. މީގައި 450 ކިލޯގެ ބަރުދަނުގެ ބޮންވެސް އުފުލޭނެއެވެ.
އެމެރިކާއާއެކު އެއްބަސްވުމާ ބެހޭ ގޮތުން އިންޑިއާއިން މަޝްވަރާ ކުރަމުން އަންނަތާ ގިނަ އަހަރުތަކެއްވެއްޖެއެވެ.
އިންޑިއާއިން ޑްރޯންތައް ބަހައްޓާނީ، ޗެންނާއީ އާއި ގުޖުރާތުގެ ޕޯރބަންޑާރާއި އުއްތަރު ޕްރަދޭޝްގެ ސަރްސާވާ އަދި ގޯރަކްޕޫރު ގައެވެ.