އިންޑިއާ ކަނޑުގައި ރަޝިޔާއާއި ސަލްޠަނަތު އޮމާނާއެކު އީރާނުން އަސްކަރީ ތަމްރީނުތައް ފަށައިފިއެވެ. 9 ޤައުމަކުން ދަނީ މި ތަމްރީނަށް ފާރަވެރި ވަމުންނެވެ.

އެމްކްސް2024ގެ ތަމްރީނު ތަކަކީ އެއްބަޔަކު އަނެއް ބަޔަކަށް ގުޅިގެން އޮޕަރޭޓް ކުރުމުގެ ޤާބިލުކަން އިތުރުކޮށް، ސަލާމަތީ ކަންކަން ވަރުގަދަކޮށް ކަނޑު މަތީގައި އެހީ ދިނުން ވަރުގަދަ ކުރުމުގެ މަގްސަދުގައި ބާއްވާ ތަމްރީނުތަކެކެވެ.