ފާއިތުވި ދެ ހަފްތާގެ ތެރޭގައި ފަލަސްތީނުގެ އުތުރުގައި ކުރިއަށްދާ ޒަޔަނިސްޓް ޓެރަރިސްޓް ހަމަލާތަކުގައި 400 އަށް ވުރެ ގިނަ ފަލަސްތީނު މީހުންގެ ގަތުލުއާންމެއް ހިންގާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ހޮނިހިރު ދުވަހު ބުނެފިއެވެ.
"ޣައްޒާގެ އުތުރުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްފައިވާ ހަމަލަތަކުން 400 އަށް ވުރެ ގިނަ ޝަހީދު ވެއްޖެ." އެ އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
"ޖަބާލިއާގެ މަގުތަކުގައި މެދުކެނޑުމެއްނެތި ބޮން އެޅުމުގެ ސަބަބުން ދިހަވަރަކަށް ގަބުރު އެކި ދިމަދިމާލަށް އެތުރިފައި އެބައޮތް." އޭނާ ވިދާޅުވިއެވެ.
"އޭގެ އިތުރުން ޖަބަލިއާގައި ހިނގި ޤަތުލުއާންމަކުން 33 ޝަހީދުން ފެނިފައިވޭ. އެހެންވީމާ، ޖުމްލަ މިހާރު ޣައްޒާގެ އުތުރުގައި 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްފި،" ހުކުރު ދުވަހުން ފެށިގެން ޖަބާލިއާގެ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދޭ ވައިގެ ހަމަލާއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ. ބައްސާލް ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ.
"އެ އެންމެން ވެސް ބަދަލުކުރީ އުތުރުގެ ޣައްޒާގެ ކަމާލް އަދުވާން އާއި އަލްއައުދާ އަދި އިންޑޮނޭޝިއާގެ ހޮސްޕިޓަލްތަކަށް،" ބައްސާލް ވިދާޅުވި އެވެ.
"ޖަބަލިއާ ކޭމްޕް ތެރޭގައި ބޮން އަޅާ ތަންތަނުން އެހީއަށް އެދެމުން ދޭ، އެކަމަކު ބޮން އަޅާ ތަންތަނަށް އަޅުގަނޑުމެންގެ ޓީމުތަކަށް ވާސިލްވުން އުނދަގޫ،" ބައްސާލް ވިދާޅުވި އެވެ. މީހުންގެ މުދަލާއި ހުރިހައި އެއްޗެއް ގެއްލި ބިކަވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުވެސް ވައިގެ ހަމަލާތައް ޖަބަލިއާ އާއި އުތުރުގެ އެހެން ސަރަހައްދުތަކަށް ދެމުން ދާކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
"އިއްޔެ (ހުކުރު ދުވަހު) ޖަބަލިއާ ކޭމްޕުން ސަލާމަތްވުމަށްޓަކައި އިތުރު 20،000 މީހުންނަށް ފިލަން މަޖުބޫރުވި" އޭގެ ތެރޭގައި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާގެ މުވައްޒަފުންވެސް ހިމެނެއެވެ.
"މީހުންނަށް ހުރިހާ އެއްޗެއް ގެއްލުނީ. އެމީހުންނަށް ބޭނުންވަނީ ކާނާއާއި ފެނާއި ރަޖާ އަދި ގޮދަޑި، އަސާސީ ސާމާނުގެ ވެސް އެންމެ އަސާސީ ތަކެތި." އޭނާ ކިޔައި ދެއެވެ.