ރައީސް ޔާމީން ޖަލަށް ލެއްވުމަކީ ރައީސް ނަޝީދާއި ރައީސް ސާލީހުގެ ޙަސަދަ ފިލުވައިލުމެއް: ޑރ. ޖަމީލް

0
ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް،

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޖަލަށް ލެއްވުމަކީ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޙަސަދަ ފިލުވައިލުމެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކަމުގައި ނިޒާމަށް ނުފޫޒު ފޯރުވި ބައިވެރިންގެ މައްސަލަ ތަހުގީގުކުރެވި އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ޢަޒުމް އެބަހުރި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޑރ.ޖަމީލް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ޖިނާޢީ ދަޢުވާއެއް ކުރެވޭނެ އިންސާފުވެރި އެއްވެސް ހަމައެއް ނުދެއްކެވޭނެ ކަމަށެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވީ ޖިނާޢީ ކޮންކުށެއްކޮށްގެންތޯ ވެސް ޑރ. ޖަމީލް ވަނީ ސުވާލު ކުރައްވައިފައެވެ.

ރައީސް ޔާމީނާ ދެކޮޅަށް “ޖިނާޢީ ދަޢުވާއެއް ކުރެވޭނެ ޤާނޫނީ ހަމައެއް އެއްވެސް އިންސާފުވެރި މަގަކުން ނުދެއްކޭނެ. މިއީ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހަސަދަ ފިލުވާލުމެއް. މިކަމުގައި، ނިޒާމަށް ނުފޫޒް ފޯރުވި ބައިވެރިން ތަޙްޤީގްކުރެވި އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ޢަޒުމް އެބަހުރި،” ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

Advertisements

ރައީސް ޔާމީންގެ އަތްޕުޅުގައި ދައުލަތުގެ ފައިސާއެއް ހުރި ކަމަކަށް މިއަދާ ހަމައަށްވެސް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އެމަނުކުފާނު ކުރެއްވި ކަމަކީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ އަތްޕުޅުގައި ހުރި ރައީސް ޔާމީންގެ “ފައިސާގެ މިންވަރަށް މަދަނީ އެއްބަސްވުމެއް ހެއްދެވީ،” ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި އިސްކޮށް އުޅުއްވާ ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

 

 

 

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here