އެމެރިކާއާއެކު މިނިވަން ވިޔަފާރިއަކަށް އިންޑިއާއިން މަގު ކޮށަން ފަށައިފިއެވެ. އިންޑިއާއިން ވަނީ އެމެރިކާއާއެކު ނާދިރު މައުދަންތަކުގެ ވިޔަފާރި ކުރުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. އިންޑިއާ ސަރުކާރުން ބުނެފައި ވަނީ މިއީ ދެފަރާތް ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.
އިންޑިއާއިން މަސައްކަތް ކުރަނީ ލިތިއަމްއާއި ކޮބަލްޓާއި އެހެނިހެން ނާދިރު މައުދަންތަކުގެ ވިޔަފާރިއަށް ފަހި ކުރުމަށް މި މަރުހަލާގައި އެއްބަސްވުމެއް އެކުލަވާލާށެވެ. މައިގަނޑު ގޮތެއްގައި އެ އެއްބަސްވުމުގައި ހިމެނޭނީ، އިލެކްޓްރިކް ވެހިކަލްތަކުގައި ބޭނުންކުރާ ބެޓެރި އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ވިޔަފާރިއާ ބެހޭ ގޮތުންނެވެ.
ބެޓެރި އުފެއްދުމަށް ބޭނުންވާ ނާދިރު މައުދަންތަކުގެ ވިޔަފާރީގައި އެމެރިކާއާއެކު ބައިވެރިވާ ރަހުމަތްތެރި ޤައުމުތަކުން އެމެރިކާއަށް އެކްސްޕޯޓު ކުރާ އިލެކްޓްރިކް ކާރުތަކުން ވަކި ނިސްބަތަކަށް ޑިއުޓީ ކުޑަ ކުރުމަށް އެމެރިކާއިން ވަނީ ފާސްކޮށްފައެވެ. އިންޑިއާއިން މަސައްކަތް ކުރަނީ އެގޮނރުން ފައިދާ ލިބިގަންނާށެވެ.