ކޮވިޑް-19: ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 1313 އަށް އަރައިފި

0

ކޮވިޑް-19 ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 1313 އަށް އަރައިފި

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދު 1313 އަށް އަރައިފިއެވެ.

Advertisements

އެންމެފަހުން ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 16 ދިވެހީންނާއި ބަނގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ 7 މީހަކާއި ސްރީލަންކާގެ މީހަކާއެކު، ޖުމްލަ 39 މީހުންނެވެ.

މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 1198 އެވެ. ބަލީގައި މަރުވެފައިވާ މީހުންގެ ޢަދަދަކީ 4 އެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ ޢަދަދަކީ127 އެވެ. 11 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. މިބަލި ޖެހުނު އަންހެނުންގެ ޢަދަދަކީ 197 އެވެ. ފިރިހެނުންގެ ޢަދަދަކީ 1116 އެވެ.

މީހާރު ކަރަޓީން ފެސިލިޓީތަކުގައި 1556 މީހުން އެބަތިއްބެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދަކީ 1027 އެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here