އުރީދޫ ކަސްޓަމަރުންނަށް ޚާއްސަ ޑޭޓާޕެކެއް

0

ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށްޓަކައި، ޙާއްޞަ އޮފަރއެއް މިއަދު ވަނީ އެކުންފުނިން ތައާރަފްކޮށްފައެވެ. މި އޮފަރގެ

ދަށުން އުރީދޫ ކަސްޓަމަރުންނަށް މަގޭ ޕްލޭން މެދުވެރިކޮށް 3 ދުވަހުގެ މުއްދަތަށް 3 ޖީބީ ޑޭޓާ އެންމެ 75 ރުފިޔާއަށް ލިބެނޭ އޮފާއެއް އެކުންފުނިން ތަޢާރަފްކޮށްފިއެވެ.

Advertisements

މި އޮފަރ ތައާރަފް ކުރެވިފައިވަނީ ގޭގައި ތބެގެންވެސް ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލުމަށް:

އުރީދޫ އެޕް އަށް ލޮގް އިން ކޮށްލައްވާށެވެ. ދެން  http://ore.do/app

އެޕްގެ ސެލްފް ކެއަރ ސެކްޝަންއިން ރިކޮމެންޑެޑް ޕެކޭޖަސް އިޚްތިޔާރު ކުރައްވާށެވެ.

ގެންގުޅުއްވާ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް FOR MYSELF ޓެބް އިޚްތިޔާރު ކުރައްވައި ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރެއްވުމަށް GIFT A FRIEND ޓެބް ޚިޔާރު ކުރައްވާށެވެ.

Eid Exclusive ޕެކްގައިވާ (+) ފާހަގައަށް ފިތާލައްވާށެވެ. އެއަށްފަހު

CONFIRM ބަޓަނަށް ފިތާލެއްވުމަށްފަހު ފައިސާ ދައްކަވާށެވެ.

މިއީ އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ ޚާއްސަ އޮފާއެކެވެ. މި  ޚާއްސަ އޮފަރ ގެދަށުން މޭ މަހުގެ 26 ވަނަ ދުވަހުގެ 23:59 ނިޔަލަށް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ޑޭޓާ ބައްލަވައިގަނެވޭނެ ކަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ.

“އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ޢީދު ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް އަޅުގަނޑުމެންގެ މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން.” އުރީދޫގެ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

ޢީދު އޮފަރ ގެ އިތުރުން، ރަމަޟާން މަހަށް ޚާއްޞަކޮށްގެން ތައާރަފްކުރި ބައެއް އޮފަރތަކުގެ ތެރެއިން %50 އެކްސްޓްރާ ޑޭޓާ އޮފަރ އަދި 5x ޑެއިލީ ބޯނަސް ޑޭޓާ ހަރޯދަ ތެރޭގައިވެސް ކުރިއަށްދާނެކަމަށް އެކުންފުނިންވަނީ ހާމަކުރައްވާފައެވެ. %50 އެކްސްޓްރާ ޑޭޓާ އޮފަރ ގެ ދަށުން އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %50 ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. 5x ޑެއިލީ ޑޭޓާ ބޯނަސް އޮފަރ ގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ 50 ރުފިޔާ, ނުވަތަ އެއަށްވުރެ މަތީގެ ކޮންމެ ރިޗާރޖަކާއި އެކު 5x ޑެއިލީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ޑޭޓާ އޮފަރ ތަކުގެ އިތުރުން އުރީދޫއިން ވަނީ އޮޕޯ ފޯނުތަކުގައި ވަނީ ވަރަށް ޚާއްޞަ ޑިސްކައުންޓް އޮފަރ އެއްވެސް ތައާރަފްކޮށްފައެވެ. މި ޑިސްކައުންޓަށް ފަހު އޮޕޯ A1K 52 ޖީބީ ފޯނު މިހާރު އެންމެ 2098.99ރ އަށް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވައިފިއެވެ.

 

 

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here