ހަސީނާގެ ސަރުކާރުން ބަނގްލަދޭޝްގެ ދެކޮޅުވެރިންނަށް ބޭނުން ކުރި ވިހަ ގޭހުގެ ސަބަބުން އެތައް ބަޔަކު ލޮލުގެ ފެނުމުން މަހުރޫމް ވެފައި ވެއެވެ. ހަސީނާ ސަރުކާރުން މީހުން ކޮންޓްރޯލު ކުރަމުން ދިޔައީ ގޮށްމުށުގެ ބާރުންނެވެ.
ކަރުނަ ގޭހުގެ ސަބަބުން ލޮލުގެ ފެނުން ގެއްލި އޮޕަރޭޝަން ކުރަން ޖެހިފައިވާ މީހުންނަށް ބޭނުންވާ ލޯތައް ބަނގްލަދޭޝްއިން ހޯދާފައި ވަނީ ނޭޕާލުންނެވެ. ޑާކާގެ ނޫސްތަކުން ބުނާ ގޮތުން ބަންގާޅު ޤައުމީ އެއާލައިން ބީމާންގެ ޚާއްސަ ދަތުރުތަކުގައި މި ލޯތައް ވަނީ ކަޓްމަންޑޫއިން ޑާކާއަށް ގެނަސްފައެވެ.