ސަމޯއާ އަކީ ދުވަހަކުވެސް އެމްއެންޑީއެފެއް ފަދަ ދިފާޢީ ބާރެއް ބާއްވަން ބޭނުންވި ޤައުމެއް ނޫނެވެ. ސަމޯއާއިން ދުވަހަކުވެސް އެފަދަ ކަމަކާ މެދު ވިސްނާފައެއް ނުވަތަ މަޝްވަރާ ކޮށްފައެއްވެސް ނުވެއެވެ.

ދުނިޔޭގެ ގިނަ ގާނޫނުއަސާސީތަކުގައި އަސްކަރީ ނުވަތަ ސަލާމަތީ ބާރުގެ މުއައްސަސާތައް ގާއިމްކުރުމާ ބެހޭ ގޮތުން ބުނެއެވެ. ނަމަވެސް 1960ގެ ފެބްރުއަރީ އާއި ސެޕްޓެމްބަރު އާ ދެމެދު ސަމޯއާގެ 500 އަށް ވުރެން ގިނަ ސަފްހާގެ ގާނޫނުއަސާސީގެ ދެލިކޮޕީ އެކުލަވާލި އިރު، އެމްއެންޑީއެފެއް ބިނާ ކުރާކަށް ވާހަކައެއް ނުދައްކައެވެ.

މަސްއޫލުވެރިންނާ ސުއާލު ކުރުމުން ވިދާޅުވަނީ، ސަމޯއާ އަކީ ސުލްހަވެރި ގައުމެއް ކަމަށެވެ. ދީނަށް ލޯބިކުރާ ޤައުމެއް ކަމަށެވެ. ދެބަސްވުމާއި އަރައިރުމާއި ކޯޅުންތައް ހައްލުކުރަނީ ޚިޔާލު އެއްގޮތް ކުރުމުގެ ތެރޭން ކަމަށެވެ.

ސަމޯއާގައި ނަފްރަތު ނައްތާލަނީ، "އިފޯގާ" މެދުވެރިކޮށެވެ. އިފޯގާއަކީ، ސަމޯއާގައި ދެބަސްވުން ހައްލުކުރުމަށް ބާއްވާ، މައާފަށް އެދުމުގެ ރަސްމިއްޔާތެވެ. އެހެންވެ، އަސްކަރީ މުއައްސަސާއަކަށް ޖާގައެއް ނެތެވެ.

ސުލްހައަށް އުޅޭ މަދު ގައުމުތައް ހިމެނެއެވެ. އެންމެ މަޝްހޫރު ޤައުމަކީ ސްވިޒަލެންޑެވެ. އެގައުމުގެ ވަކިއަތަކަށް ނުޖެހޭ، ދުސްތޫރީ ލޯ އޮފް ނިއުޓްރަލިޓީއަށް ތައުރީފުގެ ބަސްތައް ލިބިފައި ވެއެވެ.

ދެން ދުނިޔޭގައި ދެވަނަ އަށް އެންމެ މަޝްހޫރު ސުލްހަވެރި ޤައުމަކީ، ކޮސްޓަރިކާ އެވެ. އެއީ، "ސެންޓްރަލް އެމެރިކާގެ ސްވިޒަލޭންޑް" ގެ ނަމުން މަޝްހޫރު ޤައުމެވެ.

ކޮސްޓަރިކާއިން ސިފައިންގެ މުއައްސަސާ އުވައިލީ، 1948 ވަނަ އަހަރު އެވެ. އެހެންވެ، ކޮސްޓާރިކާއަކީ، އަވަށްޓެރި އެހެން ޤައުމުތަކަށް ވުރެން، ސިއްހީ ފަރުވާއާއި ތައުލީމުގެ ފުރުސަތު ބޮޑު، އުފާވެރިކަމުގައި މީހުން އުޅޭ ތިޔާގި ޤައުމެކެވެ.

އޭޝިއާގެ ސްވިޒަލެންޑަކީ ފަހަރެއްގައި ބޫޓާނެވެ.

ސަމޯއާ އޮންނަ ސަރަހައްދަކީ، ދައުލަތްތަކުގެ މެދުގައި އަރައިރުމާއި ކޯޅުމެއް ނެތް ސަރަހައްދެކެވެ. ދުނިޔޭގައި ސިފައިންގެ ފައުޖު ނުގެންގުޅޭ، 26 ގައުމެއް އޮވެއެވެ. އޭގެ ތެރެއިން 11 ގައުމެއް އޮންނަނީ ޕެސިފިކް ސަރަހައްދުގައެވެ.

ރާއްޖޭގެ ނާއިބް ރައީސް އަލްއުސްތާޛް ޙުސައިން މުހައްމަދު ލަޠީފު ބައިވެރިވެ ވަޑައިގަންނަވާ 27 ވަނަ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ގެ މަހާސިންތާ އޮންނާނީ ސަމޯއާގައެވެ.