މާގިނަ ދުވަސްވަންދެން ފިރިހެނުން ނަސްފް ކޮންޓްރޯލު ކޮށްގެން ނުތިބޭނެ ކަން އަނެއްކާވެސް އީރާނުން ޒަޔަނިސްޓުންގެ ނެޕީ ފޯސްއަށް އަންގައިފިއެވެ.

ރައީސް މަސްޢޫދު ޕަޒަޚްޝިއާން ވިދާޅުވަނީ އިޒްރޭލުން ދެންވެސް ސައިޒު އޮޅިގެން އީރާނަށް ހަމަލައެއް ދީފިނަމަ، ކުރިއަށް ވުރެން ވަރުގަދަ ރައްދެއް ދޭނެކަމަށެވެ. ޒަޔަނިސްޓުންނަށް އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ ހަމަލައެއް ދީފިނަމަ އިޒްރޭލުގެ އަސާސްގުޑުވާލާނެ ކަމަށެވެ.

ޕަޒަޚްޝިއާން މިވާހަކަތައް ވިދާޅުވީ ނެޕީ ފޯސްގެ ކޮމާންޑަރު އީރާނާ ދެކޮޅަށް ދިން ބަޔާނާ ގުޅިގެންނެވެ.