އިންޑިއާއިން ޕާކިސްތާނާއެކު ވިޔަފާރި މެދުކަނޑާލި ނަމަވެސް އިންޑިއާއިން އިމްޕޯޓް ކުރާ ތަކެތީގެ މައްޗަށް ޕާކިސްތާނުގެ ބަރޯސާވުން އިތުރު ވެފައި ވެއެވެ. ޕާކިސްތާނަށް އޮގަސްޓް މަހު އިންޑިއާއިން އިމްޕޯޓްކުރި މުދާ ވަނީ 5 ޕަސެންޓް އިތުރު ވެފައެވެ.
އިންޑިއާ ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އިންޑިއާ އަތުން ޕާކިސްތާން އިމްޕޯޓް ކުރި މުދަލުގެ އަދަދު 2.33 މިލިއަން ޑޮލަރަށް އަރާފައިވެއެވެ.
އެފަރާތްތަކުން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ ޖެނުއަރީ އަދި މާޗް މަހުގެ ތެރޭގައި ވެސް އިންޑިއާ އަތުން ޕާކިސްތާން ކުރި އިމްޕޯޓް އިތުރުވެފައިވެއެވެ.
ދެގައުމުގެ ދެމެދު ވިޔަފާރި މެދުކަނޑާލުމާ ގުޅިގެން ޕާކިސްތާނުން ވަނީ އިންޑިއާގައި ޓްރޭޑް އޮފިސަރަކު އައްޔަން ކުރުމުގެ މަސައްކަތް ވެސް ހުއްޓާލާފައެވެ. ޕާކިސްތާނުން އިންޑިއާއާއެކު ވިޔަފާރި ހުއްޓާލީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. ނަމަވެސް ފަހުން އިންޑިއާއިން ވަނީ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ ހުއްދަ ދީފައެވެ. އަދި ވިޔަފާރީގެ ހުރަސްތަކަށް ބައެއް ލުއިތަކެއް ވެސް ދީފައެވެ.