ޢަރަބި އަޚުންގެ ބޮޑު ވަރިހަމައިގެ ސިޔާސަތާއެކު ޒަޔަނިސްޓް ޔަހޫދީން ދަނީ ބާރު ދައްކަމުންނެވެ. މިއަދުވެސް މަސްޖިދުލްއަޤްޞާގެ ހަރިއްމައިގެ ތެރޭގައި ޒަޔަނިސްޓު ސިފައިންގެ ހިމާޔަތާއެކު، ފަލަސްޠީނުގެ ބިން ހިފައިގެން އިންދައިފައިވާ އެތައް ސަތޭކަ ޒަޔަނިސްޓު ޔަހޫދީން އަޅުކަން އަދާ ކުރިއެވެ.
ފަލަސްޠީނުގެ ނޫސް އެޖެންސީން ވަފާ އިން ބުނާ ގޮތުގައި މިހާރު މިއީ ކޮންމެ ދުވަހަކުހެން މިމީހުން ކުރަމުންދާ ކަމަކަށް ވެއްޖެއެވެ.
ވަފާއިން ބުނަނީ ކުރިން އަހަރެއްގެ ތެރޭގައި އަޤްޞާގެ ޙުރުމަތް ކަނޑާލުމުގެ ހާދިސާތަކުގައި ޖުމުލަކޮށް އުޅޭނީ އަހަރެއްގެ ތެރޭގައި 5 ހާސް ޒަޔަނިސްޓުން ނެވެ. މިހާރު އެ އަދަދު ވަނީ 60 ހާހަށް އަރާފައެވެ.