މީހުން ދަންނަ ގޮތުގައި އީރާނީ ހަރުކަށި ޝީޢީ ދީނީ ބަޔަކު ވެރިކަން ކުރާ ޤައުމެކެވެ. އެމެރިކާއާއި ވައްހާބީ ޕްރޮޕެގެންޑާއިން ދައްކައި ދޭން ބޭނުވާނީ އީރާނަކީ ނުބައި ނުލަފާ ބަޔެއްގެ ގޮތުގައެވެ.
އީރާނަކީ އިސްލާމީ ދުނިޔޭގައި ޕާލަމެންޓްގެ ޖަލްސާތައް ޓީވީން ލައިވް ކުރަން ފެށި ފުރަތަމަ ޤައުމެވެ.
ނަމުގެ ކުރިއަށް އިސްލާމީ އަންނަ ހިނދުވެސް އީރާނަކީ، އެޤައުމުގެ ޕާލަމެންޓަށް ބައި މަދު މީހުން އިންތިޚާބު ކުރުމަށް ގޮނޑިތައް ޚާއްސަ ކުރާ ޤައުމެކެވެ.
އެނގޭ ހެއްޔެވެ؟ އީރާންގެ އާބާދީގެ ދެ ޕަސެންޓަކީ ޔަހޫދީންނެވެ! އާނ އެކެވެ! ޔަހޫދީންނެވެ! އުނދަގުލަކާ ނުލައި އެމީހުންނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްޤުތަކާއެކު އެމީހުން އީރާނުގައި ދިރިއުޅެއެވެ.
އީރާނުގެ އެންމެ ބޮޑު ޔަހޫދީ ފައްޅި ބިނާކޮށް އިފްތިތާހުކޮށްފައި ވަނީ މީގެ މަސްތަކެއް ކުރިންނެވެ.
އީރާނުގެ އާބާދީގެ ދެ ޕަސެންޓް ޔަހޫދީންނަށް ޕާލަމެންޓްގައި މެމްބަރުން އިންތިޚާބު ކުރުމަށް ގޮނޑި ކަނޑައަޅާފައި ހުރެއެވެ.
އީރާންގެ ޕާލަމެންޓްގެ ޔަހޫދީ މެމްބަރު ހުމާހޫން ސާމިޙް ޔާ ނަޖަފްއާބާދީ ވަނީ ނަތަންޔާހޫ "މޮޔަވެގެން އީރާނަށް ހަމަލައެއް ނުދޭން" އިންޒާރު ކުރައްވާފައެވެ.
ނަޖަފްއާބާދީ ވިދާޅުވަނީ އެހެން ދިމާވެއްޖެނަމަ، މެދުއިރުމަތީގައި ހުޅު ރޯވާނެފަދަ ހަނގުރާމައެއް ފެށޭނެ ކަމަށެވެ.
"ދުނިޔޭގެ ބާރުތަކުން ދަންނަން ވާނެ، ބޮޑު ސަރަހައްދީ ހަނގުރާމައެއް ފެށޭއިރު އެކަން އޮންނާނީ ސަރަހައްދަށް އެކަނި ނޫންކަން. ދުނިޔޭގެ އެހެން ހިސާބަށްވެސް އެކަން ފެތުރިގެން ދާނެ." ޕްރެސް ޓީވީން އޭނާއާ ހަވާލާދީ ބުނެފައި ވެއެވެ.
"އީރާނުގެ ޔަހޫދީ އާބާދީން އިއްޒަތްތެރި ރެވަލޫޝަންރީ ގާޑްސްއަށް ފުރިހަމައަށް ތާއީދު ކުރޭ. އަދި ޒަޔަނިސްޓު ނިޒާމުގެ ބިންގަލާ ދެކޮޅަށް ދޭ ކޮންމެ ހަމަލައަކަށް ސަޕޯޓު ކުރާނެ" ނަޖަފްއާބާދީ ވިދާޅުވިއެވެ.
ޔާ ރައްބީ މިއީ އަނިޔާވެރި ޝީޢީން ރައްކާތެރި ކުރާވަރު ، އެމީހުން އަބޫބަކުރުގެފާނަށް އުމަރުގެފާނަށް ޢާއިޝަތުގެފާނަށް ގޮވާ އެއްޗެހި އަނޑުނީވެނީތަ ؟ އަލީގެފާނާއި ހުސެއިންގެފާނުގެ މަހާނަތަކު ކައިރީގައި ހިންގާ ޝިރުކުގެ އަމަލުތައް ނުފެންނަނީތަ؟ އެހައި ނުބައިބަޔަކާއެކު ޤިޔާމަތް ދުވަހު ހުންނަން ބޭނުން ވަނީތަ؟
"ވައްހާބީންނޭ" ކިޔާއިރު މުހައްމަދު އިބުނު އަބްދުލް ވައްހާބަކީ ކާކުކަން އެނގޭތަ؟ ޢެއީ ބިދުޢައިން މުސްލިމުން ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް ، އޭނާއަށް ނަފްރަތު ކުރީ ބިދުޢަވެރިން ، ކަލޭމެން ސަހާބީންނަށާއި އުންމުލް މުއުމިނީންނަށް ލަޢުނަތް ލެއްވުމަށް ދުޢާ ކުރާ ޝީއީން ރައްކާތެރި ކުރަން ކޮންމެ އެއްޗެއް ވެސް ކިޔާފާނެ، ޒަޔަނިސްޓުން ނުބައިވުމަކީ ޝީޢީން ރަނގަޅުވާ ކަމެއްނޫން.