ޣައްޒާގެ އުތުރުގެ ޖަބަލިއާގައި ގަތުލުއާންމު ހިންގުމުގައި އުޅުނު ޒަޔަނިސްޓް ނެޕީ ފޯސްގެ 3 އޮފިސަރަކު އިސްލާމީ ޙަމާސްއިން ނައްތާލައިފިއެވެ. ޒަޔަނިސްޓުން ވަނީ ޖަބާލިޔާގައި ހިންގި ގަތުލުއާންމުގައި 150އެއްހައި ފަލަސްޠީނު މީހުން ޝަހީދުކޮށްލާފައެވެ.

ނެޕީ ފޯސްގެ 3 މީހުން ނައްތާލީ އެމީހުން ތިބި މެރްކާވާ ޓޭންކު ގޮއްވާލުމަށް ފަލަސްޠީނު މީހުން ބޭނުން ކުރި އަލްޔާސީން 102ގެ ބޮން ގޮއްވާލައިގެން ޓޭންކު ތެރޭގައި އެމީހުން ފިހެލައިގެންނެވެ.

ނައްތާލި 3 މީހުންގެ އިތުރުން ޒަޔަނިސްޓުންގެ ބަޔަކު ނުކުޅައްދައިލި ކަމަށްވެސް ޒަޔަނިސްޓު މީޑިއާ ރިޕޯޓު ކުރެއެވެ.

ނައްތާލި ނެޕީ ފޯސްގެ ތިން މީހުންނަކީ ކެޕްޓަނަކާއި ދެ ސާޖެންޓުންގެ ރޭންކުގެ މީހުންނެވެ.