ރައްޔިތުންނާއި ގާތުން ހިދުމަތްދިނުމަށާއި ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގާތްކަން އިތުރުކޮށް ފުލުހުންނަށްކުރާ އިތުބާރު ދެމެހެއްޓުމަށް ވިލިމާލޭގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 2 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މާލެ ޕޮލިސް ކޮމާންޑުގެ އިސްވެރިންނާއި ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވިއެވެ.
ފުލުހުން ބުނީ މި ހަރަކާތުގެ ތެރެއިން، މިހާރު އެންމެ ގިނައިން ހިންގަމުންދާ ސްކޭމްގެ މައުލޫމާތު ހިއްސާކޮށް ރައްކާތެރިވާންވީ ކަންކަން ބުނެދީފައިވާ ކަަމަށާއި މީސްމީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.
މި ވޯކް އެންޑް ޓޯކްގެ ބޭނުމަކީ ވިލިމާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި ވިލިމާލޭގައި ފުލުހުންގެ ފަރާތުން ރަނގަޅުކުރަން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަތުމެވެ.