ލަންކާގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން ދިލަންކާ ނަމަކަށް ކިޔާ ގްރޫޕަކުން އިސްނަގައިގެން އަންހެނުންނަށް ޚާއްސަކޮށްގެން ބޭއްވި އެއްދުވަހުގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ޓީކަމުން ހޯދައިފިއެވެ.

މުބާރާތް ރާވައި އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ޢަބްދުﷲ ނަޔިލް ބުނީ މުބާރާތް ބޭއްވީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. މި ބުރާތުގައި ބައިވެރި ދިވެހި ދެޓީމަކީ އެގައުމުގައި ކިޔަވަން އުޅޭ ކުދިންގެ ބެލެނިވެރިންގެ މައްޗަށް އެކުލެވޭ ދެޓީމެވެ. އެއީ ދި ލަންކާ އޭ ޓީމާއި ބީ ޓީމެވެ.

މުބާރާތުގައި ލަންކާއިން ވެސް ދެޓީމު ބައިވެރިވިއެވެ. އެއީ ސީއެންސީ ސްޕޯޓްސް އެކަޑަމީގެ ޓީމަކާއި، އެންއެފް ބެޑްމިންޓަން ޓީމެވެ.

މުބާރާތް ބޭއްވީ ސިރީލަންކާގެ ބޮރަލެސް ގަމުވާގެ ޝަޓްލް އަޕް ބެޑްމިންޓަން ކޯޓުގައެވެ. މި މުބާރާތުގެ ޗެމްޕިއަންޓީމަކީ ދިވެހި ބެލެނިވެރިންގެ ތެރެއިން ދި ލަންކާ އޭ ޓީމެވެ.

މު މުބާރާތަށް ދިވެހި ޓީމްތައް ތައްޔާރު ކޮށްދެއްވީ ޢބުދުﷲ ނަޔިލް އެވެ. މި މުބާރާތުގައި ބައިވެރިވި ދިވެހި ދެޓީމަކީ ވެސް އަލަށް ކުޅިވަރުގެ މައިދާނަށް ނުކުތް ޓީމުތަކެއް ކަމަށް އަބުދުﷲ ނަޔިލް ވިދާޅުވިއެވެ.

އެއް ދުވަހަށް ބޭއްވި މި މުބާރާތް ސްޕޮންސަރ ކޮށްދެއްވީ ކޮލަންބޯ އޭޝިއަން ކޮންޕެނީ އާއި ކެޓެކް ފްރެޝް އިންނެވެ. ކޯ ސްޕޮންސަރަކީ ގުރުވާ މޯލްޑިވިއަން ކުޒީން އެވެ.