ސުޝާންތު ސިންގ ރާޖްޕޫތު މަރުވެފައި އޮތްވާ ފެނިއްޖެ

0

ސުޝާންތު ސިންގ ރާޖްޕޫތު އޭނާގެ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އުމުރުން 34 އަހަރުގެ ރާޖްޕޫތުއަކީ ބޮލީވުޑްގައި އަރަމުން އައި މިޖީލުގެ ތަރިންގެ ތެރެއިން ގަދައަށް ވިދާލި ތަރިއެކެވެ. އޭނާގެ ތަމްސީލު ކުޅުމުގެ ދައުރު ފެށިފައިި ވަނީ ކުޑަ އިސްކިރީނުންނެވެ.

ރާޖްޕޫތު އެންމެ ބޮޑަށް ވިދާފައި ވަނީ އިންޑިއާގެ ކްރިކެޓް ކެޕްޓަން މަހިންދްރާ ސިންގ ދޯނީގެ ބައޯޕިކްގައި އޭނާގެ ރޯލް ކުޅުނު ފަހުންނެވެ.

Advertisements

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާޖްޕޫތު މަރުވެފައިވަނީ ދަންޖެހިގެންނެވެ. މި ދިޔަ ހަފްތާގެ ކުރީ ކޮޅު އޭނާގެ ކުރީގެ މެނޭޖަރު، ދިޝާ ސާލިއަން ވެސް ވަނީ މަލާޑްގައި އޭނާ ދިރިއުޅޭ 14 ވަނަ ބުރީގެ އެޕާޓްމަންޓުން ފުންމާލައިގެން މަރުވެފައެވެ.

މިއީ ބޮލީވުޑަށް ހިތާމަވެރި ދުވަސްވަރެކެވެ. އެކްޓަރ އިރްފާންއާއި ރިޝީ ކަޕޫރާއި، ވާޖިދު ޚާންފަދަ މީސްމީހުން ވަނީ މި ދެމަސްތެރޭ އަލްވަދާއު ކިޔާފައެވެ.

Advertisements