ޕާކިސްތާންގެ ނަން ހުތުރު ހަސްފަތާލަކުން އަނެއްކާވެސް ބަޔަކަށް އެޗްއައިވީ އޭޑްސް ޖެއްސި މައްސަލާއި ޕަންޖާބުގެ ޗީފް މިނިސްޓަރު މަރިޔަމް ނަވާޒް ވަނީ މުލްތާންގެ ނިޝްތާރް ހަސްފަތާލުގެ މަސްއޫލުވެރިންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

މަރްޔަމް ނަވާޒް ވަނީ ނިޝްތާރު ހޮސްޕިޓަލަށް ވަޑައިގެން ނިޝްތާރު މެޑިކަލް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު މެހެނާޒް ޚަކްވާނީ އާއި ނެފްރޮލޮޖީ ޑިޕާޓްމަންޓުގެ ވެރިޔާ ޑރ މުހައްމަދު ކާޒިމް ޚާނާއި އިތުރު ފަސް މެޑިކްސްއާއި އަދި އެހެނިހެން ޑޮކްޓަރުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޕްރޮވިންސްގެ ހެލްތު ސެކްރެޓަރީއަށް އަންގަވާފައެވެ.

އެ ހަސްފަތާލުން އެޗްއައިވީ އޭޑްސް ޖެހުނު ކަމަށް ރިޕޯޓު ކުރުމާ ގުޅިގެން ހިންގާފައިވާ ތަހުގީގުން އެނގުނީ 25 މީހަކަށް ހަސްފަތާލުގެ ޑައެލިލިސް ޑިޕާޓްމަންޓުގެ ފަރުވާ ކުޑަ ކަމުން އޭޑްސް ޖެހިފައިވާ ކަމަށެވެ.

ހެލްތު ސެކްރެޓަރީ ވަނީ މި ކަމުގައި ޝައްކު ކުރެވޭ ޑޮކްޓަރުންގެ މެޑިކަލް ލައިސަންސް ބާޠިލު ކުރުމަށް ޕާކިސްތާނުގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް މައްސަލައެއް ހުށަހެޅުމަށް ނިންމާފައެވެ.

ނެފްރޮލޮޖީ ޑިޕާޓްމަންޓުގެ ނާސިން ސެކްޝަންގެ މަސްއޫލުވެރިޔާއާއި ފިރިހެން ރެޖިސްޓްރާއެއްގެ އިތުރުން ދެ އަނެހްން ޑޮކްޓަރަކަށްވެސް ފިޔަވަޅު އެޅުމަށްވެސް ނިންމާފައި ވެއެވެ.