ޒަޔަނިސްޓު އިޒްރޭލުން ދެކުނު ލުބުނާންގެ ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފް ވެއްޖެއެވެ. އިޒްރޭލު ގެ ޓެރަރިސްޓު ޒަޔަނިސްޓު ސިފައިން ވަނީ ޙިޒުބުﷲގެ މަރުކަޒެއް ކަމަށް ބުނާ ތަނަކަށް އިއްޔެ ބޮން އަޅާފައެވެ. އޭގެ އިތުރުން އިޒްރޭލުން ވަނީ ދެކުނު ލުބުނާންގައި ބަޑިންވެސް ހަމަލަ ދީފައެވެ.

ހިޒްބުاللهގެ ޕާލަމެންޓް މެމްބަރު ހަސަން ފަޟުލުﷲ ވަނީ އިޒްރޭލުން، އެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ޕާލަމެންޓްގެ ޖަލްސާއަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޟުލުﷲ ވިދާޅުވީ "ދުޝްމަނުން ހަމަލާ ދެމުން ދަނީ ދެކުނު ލުބުނާންގެ އަވަށްތަކަށް އެނބުރި އަންނަ މީހުންނަށް" ކަމަށެވެ.

ލުބުނާނުގެ ސިފައިން ވަނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެތައް ފަހަރަކު ހަނގުރާމަ ހުއްޓާލުމާ އިޒްރޭލުން ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ލުބުނާނުގެ ސަލާމަތީ މަސްދަރުތަކުން ބުނެފައިވަނީ އިޒްރޭލުގެ ޓޭންކްތަކުން ލުބުނާނުގެ ދެކުނުގެ ފަސް ރަށަކާއި ދަނޑުތަކަކަށް ހަމަލަދީ ދެ މީހަކު ޒަޚަމްކޮށްފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ލަސްގަޑިއެއްގައި ނަތަންޔާހޫ ވަނީ ހަނގުރާމަ ހުއްޓާލުމާ ހިލާފުވެއްޖެ ނަމަ ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވުމަށް ސިފައިންނަށް އަންގާފައެވެ.

ދެކުނު ބޯޑަރު ކައިރީގައި ދިރިއުޅޭ ގެތައް ދޫކޮށް ދިޔަ ލުބުނާނުގެ އާއިލާތަކުން ވަނީ އެމީހުންގެ މުދާތައް ބަލާ އެނބުރި އަންނަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ބޯޑަރު ކައިރި ރަށްތަކަށް އަންނަ މީހުންނަށް އިޒްރޭލު ސިފައިން ދަނީ ބިރު ދައްކައި އެތަންތަނަށް ވަދެގެން ނުވާނެ ކަމަށް ބުނެ ހުރަސް އަޅަމުންނެވެ. އަދި އެހިސާބުތަކުން ޑްރޯން އުދުއްސަމުންނެވެ.