އިންޑިއާގެ ބެންގަލޫރުގައި އާ ކަންކަން ދޭތެރޭން ފެނެއެވެ. މިފަހަރު ޚަބަރުގައި އައިސްފައި ވަނީ ކުރޮޅިއެއްގައި ލައިބްރަރީއެއް ހިންގާ މީހެއްގެ ވާހަކައެވެ. ކުރޮޅި ލައިބްރަރީއަކަށް ބަދަލުކުރި މިމީހާއަށް މީސްމީޑިއާގައި ސަމާލުކަން ލިބިގެން މީހުން އޭނާގެ މަސައްކަތަށް ތައުރީފް ކޮށްފައި ވެއެވެ.

ބޭނުން މީހަކު އޭނާގެ އޮޓޯގެ ލައިބްރަރީން ފޮތް ނަގައިގެން ގެންދަން ވިއެވެ. ބެންގަލޫރަކީ އަދިވެސް ފޮތްތެރިކަމުގެ ރަނގަޅު ވެއްޓެއް އޮންނަ ސިޓީއެކެވެ. ޗާޗް ސްޓްރީޓްފަދަ މަގުތަކުގައި ހުންނަ ބުކްޝޮޕްތަކުންނާއި ބާ ފޮތް ވިއްކާ ތަންތަނުން އަދިވެސް ނާދިރު ފޮތްތައް ލިބޭނެ ކަމުގެ ޔަގީންކަން އޮވެއެވެ.