މ. މުލީ މާފޮޅޭގޭ، ޙުސައިން ނާޒިމް (ސެންބެ) އަކީ ތަޢުލީމީ ޒުވާނެކެވެ. ކުޅިވަރާއި ހިންގުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ލީޑަރެކެވެ. އިޖުތިމާޢީ ދާއިރާގެ ޙަރަކާތްތެރިއެކެވެ. ފުޓުބޯޅަ ދަނޑުގައި ކުޅުންތެރިންނަށް އިންސާފު ހޯދައިދޭ ރެފްރީއެކެވެ. މިހާރު އޭނާ ކަޅިއަޅަމުން ގެންދަނީ ސިޔާސީ ދާއިރާއަށެވެ. އޭނާ ވަނީ މުލީ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތި ލައިފައެވެ.
އެމަގާމަށް އޭނާ ކުރިމަތިލީ ފިސާރި ޢަޒުމެއްގައެވެ. އުފަން ރަށުގެ މުސްތަގުބަލަށްޓަކައެވެ.
ކުޑައިރު
ޅަފަތުގެ ދުވަސްތައް އޭނާ ހޭދަކުރީ މާލޭގައެވެ. ތަޢުލީމު ޙާޞިލް ކުރީ މާލެ އިންނެވެ. މަޖީދިއްޔާ ސްކޫލުން އޯލެވަލް ނިންމުމަށްފަހު އޭނާ ބޭނުންވީ ތަޢުލީމީ ދާއިރާއިން ކުރިއަށް ދިޔުމަށެވެ. ކިޔަވައި ދިނުމަކީ އަބަދުވެސް އޭނާ ޝައުޤުވެރިކަން ހުންނަ ދާއިރާއެކެވެ.
ޓީޗަރަކަށް
ސްކޫލް ނިންމުމަށްފަހު ޑިޕޮލަމާއިން މެދު މަދަރުސީ ޓީޗިންގ ސެޓިފިކެޓް ޙާޞިލްކުރެއްވިއެވެ. ސްކޫލުގައި ކިޔަވަން އުޅުނުއިރު ވެސް އޭނާގެ އުންމީދަކީ ކިޔަވައިގެން ރަށަށް ޚިދުމަތް ކުރުމެވެ. އެގޮތުން ޓީޗިން ހެދެވުމަށްފަހު އޭނާ ޚިޔާރު ކުރީ މ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އެތަނުގައި އޭނާ ޚިދުމަތް ކުރަން ފެށީ 2008 ވަނަ އަހަރު އެވެ. އޭނާ ރަށަށް ޚިދުމަތް ކުރަން ފެށީ މާލެއިން ވެސް ވަޒީފާ ލިބިފައި އޮއްވައެވެ.
މ. އަތޮޅު ތަޢުލީމީ މަރުކަޒަށް އޭނާ ވަނީ 11 އަހަރު ޚިދުމަތް ކޮށްދީފައެވެ. އެ މުއްދަތުގައި އެތަނުގެ ލީޑިން ޓީޗަރަކަށް ވެސް މަސައްކަތް ކުރިއެވެ. އެތަނުގައި ހޭދަކުރި ދުވަސްތަކުގައި އެތައް ޚިދުމަތްތަކެއް ސްކޫލާއި ރަށަށް ކޮށްދިނެވެ.
ކުޅިވަރު
ތަޢުލީމީ ދާއިރާގެ އިތުރުން ކުޅިވަރުގެ ރޮނގުންވެސް ސެންބެ ފާހަގަ ކޮށްލެވެއެވެ. ބޮޑަށް ފާހަގަވެފައި ވަނީ ފުޓުބޯޅައާއި ވޮލީގެ ތެރެއިންނެވެ. އޭނާއަކީ ފުޓުބޯޅަ ކޯޗެކެވެ. ރެފްރީއެކެވެ. މުލީ ސްޕޯޓްސް ކުލަބުގެ ރައީސަކީ ވެސް އޭނާ އެވެ. އެމަގާމު ފުރުއްވާތާ މިއީ ދެވަނަ ފަހައެވެ. އެކުލަބުގެ ރައީސް ކަމާ ފުރަތަމަ ހަވާލުވީ 2012 ވަނަ އަހަރުއެވެ. އެ މަގާމުގައި ހުރެގެން އޭނާ ވަނީ ފުޓްސެލް މުބާރާތް ތަކާއި ފުޓްބޯޅަ މުބާރާތްތައް ބައްވައިފައެވެ.
އެ ކުލަބުގެ އިސް މާލިމީގެ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް ހުރީ އޭނާއެވެ. އެއަށްފަހު 2019 ވަނަ އަހަރު އަނެއްކާވެސް އެކުލަބުގެ ރައީސް ކަމަށް ހަވާލުވިއެވެ. މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ތަށި 11 އަހަރަށް ފަހު މުލީ ޓީމުން ފުރަތަމަ ފަހަރަށް އުފުލައިލީ ސެންބެގެ ކޯޗް ކަމުގެ ދަށުގައެވެ. އެރަށުގެ ޒުވާނުންނާއެކު އެކުލަބުގެ ރައީސަކަށް މިހާރު ވެސް ހުރީ ސެމްބެއެވެ.
މޮޅު ރެފްރީއެއް
ކުޅިވަރުގެ ތެރެއިން އުފެދުނު ޝައުގުވެރި ކަމެއްގެ ތެރެއިން އޭނާ ވަނީ މޮޅު ރެފްރީއަކަށް ވެފައެވެ. ރެފްރީ ކަމަށް ޝައުޤު އުފެދުނު ގޮތް ސެމްބެ ކިޔައި ދިނެވެ. އޭނާ ބުނީ ރެފްރީކަމުގެ ތެރެއަށް ނުކުމެވުނީ ކުރީގެ ރެފްރީއެއް ކަމަށްވާ މ. މުލީ ދޫގަސް، މޫސާ ފާއިޒު ދެއްވި ފުރުސަތެއްގެ ތެރެއިން ކަމަށެވެ. އޭނާ ދެއްވި ފުރުސަތަކީ ލައިންސް މަނެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެއަށްފަހު ރެފްރީ ޓްރޭނިންގް ކޯސް ފުރިހަމަ ކުރިއެވެ. މިހާރު އޭނާއަކީ ހުނަރުވެރި ކުޅަދާނަ ރެފްރީންގެ ތެރޭގައި ހިމެނޭ ރެފްރީއެކެވެ. ދަނޑުމަތީގައި އިންސާފުވެރި ހުކުމްތައް އިއްވާ ފަނޑިޔާރެކެވެ.
ސެމްބެ ވަނީ ރާއްޖޭގެ އެކިސަރަހައްދުތަކުގައި ބޭއްވި އެކިފެންވަރުގެ ފުޓުބޯޅަ/ފުޓުސެލް މުބާރާތްތަކުގައި އިންސާފުވެރި ކަށިގަނޑު ފުމެލައިފައެވެ. އޭނާވަނީ އެތައް މުބާރާތްތަކެއްގައި ރެފްރީކަން ކުރައްވައި ހުނަރު ދައްކުވައި ދީފައެވެ. އޭނާ ފާހަގަ ކުރެވިފައިވަނީ އަޚުލާގު ރަނގަޅު ހަރުދަނާ ރެފްރީއެއްގެ ގޮތުގައެވެ.
"ނާޒިމް އަކީ ހުރިހާ ކުޅުންތެރިންނާއެކު ހަމަޖެހިގެން މެޗްތައް ކުޅުވާ މޮޅު ރެފްރީ އެއް. ތިނަދޫގައި މި ފަހުގެ ތާރީޚެއްގައި ފައިނަލް މެޗެއް މިހާ ފުރިހަމަ ގޮތެއްގައި ހަމަ ނުޖެހުމެއް ނެތި ނިންމާލެވުނީ ނާޒިމްގެ ރެފްރީކަމުގައި" މިދިޔަ އަހަރު ގދ. ތިނަދޫގައި ބޭއްވި މުބާރާތުގައި ސެމްބެ ރެފްރީކަން ކޮށްފައިވާ ގޮތާބެހޭ ގޮތުން ޔޫތު މިނިސްޓްރީގެ ޔޫތު އެގްޒެކްޓިވް މުޙައްމަދު ވިފާޤް ވިދާޅުވިއެވެ.
އިޖުތިމާޢީ
ސެންބެ އަކީ އިޖުތިމާޢީ މަސައްކަތުގައި ފާހަގަ ކޮށްލެވޭ ޒުވާނެކެވެ. ރަށުގައި ހިންގާ ބޮޑެތި މަސްރޫޢުތަކުގައި އެންމެ އިސް ސަފުގައި ސެންބެ ހުރެއެވެ. ހުރިހާ އުމުރެއްގެ މީހުންނާ ގުޅޭ ސެންބެ އަށް މުލީ ސްޕޯޓްސް ކުލަބުން ހިންގާ އިޖުތިމާޢީ ހަރަކާތްތައް ހިންގަން ވެސް މާ ބޮޑު ދަތިކަމެއް ކުރިމަތި ނުވެއެވެ.
މުލީގެ ތާރީޚުގައި ވެސް ރޯދަމަހު ތަރާވީޙު ނަމާދު ކުރަން ބޭރުގެ ހާފިޒަކު ގެނައީ މުލީ ސްޕޯޓްސް ކުލަބުންނެވެ. ސެމްބެގެ ރައީސް ކަމުގައެވެ. ހާފިޒެއް ގެނައީ ތަރާވީޙު ނަމާދުގައި ޤުރުއާން ޚަތިމް ކުރުމުގެ މަގުސަދުގައެވެ. އޭނާއަކީ އެރަށުގައި ހިންގާ ތަރައްޤީގެ ހުރިހާ މަސައްކަތެއްގައި ބައިވެރިވާ މިނިވަން ޚިޔާލުގެ ލީޑަރެކެވެ. އޭނާގެ އެހީތެރިކަމަށް އެދި ކޮންމެ މީހަކު ގޮވައިލިޔަސް "ލައްބައިކަ" އޭ ބުނެ ޖަވާބުދީ އެމީހަކަށް އެހީވުމަށް އޭނާ ދެވަނަ ވިސްނުމަކަށް ގޮސްފައެއް ނެތެވެ.
ކައުންސިލަށް ކުރިމަތިލުން
ރަށަށް ޚިދުމަތް ކޮށްދިނުމަކީ އަބަދުވެސް އޭނާ ކުރަން ބޭނުންވާ ކަމެކެވެ. އަބަދުވެސް އޭނާއަކީ ތަރަގީގެ ޚިޔާލާއި ފިކުރަށް ތާއިދުކުރާ މީހެކެވެ. ރަށަށް ތަފާތު ރޮނގުތަކުން ތަރައްގީ ގެންނަން ބޭނުންވާ މީހެކެވެ. މިޚިޔާލުގައި ހުރެ އޭނާ ވަނީ ރާއްޖޭގެ އެތައް ރަށަކަށް ޒިޔާރަތް ކޮށްފައެވެ. އެރަށްރަށުން ފެންނަމުންދާ ތަރައްޤީގެ ކުލަތައް އޭނާގެ ތަރައްގީގެ ފިކުރު އިތުރަށް ޒީނަތްތެރި ކޮށްދިނެވެ.
އެހިސާބުން އޭނާ ނިންމީ އަމިއްލަ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އަމިއްލައަށް ބާރުފޯރުވޭ މަގާމަކާ ހަމައަށް ވާސިލް ވުމަށެވެ. އެގޮތުން ރަށު ފެންވަރުގައި އެކަން ކުރެވޭނީ ރަށުގެ ކައުންސިލްގައި މަސައްކަތް ކޮށްގެން ކަމަށް އޭނާގެ ވިސްނުމަށް ފެނުނު ހިނދު ސިޔާސީ ދާއިރާއަށް އޭނާގެ ނަޒަރު ހުއްޓުނީއެވެ. ސެންބެގެ ތަޞައްވުރަކީ ރައްޔިތުންނާ ގުޅިގެން ރަށުގެ ތަރައްގީއަށް އިތުރު މަސައްކަތް ކޮށްދިނުމެވެ.
ސެންބެގެ ތަރައްޤީގެ ޗާޓު ވަރަށް ސަޅިއެވެ. އޭގެ މަންޒަރުތައް ވަރަށް ރީއްޗެވެ. އޭނާ ބޭނުންވަނީ މުލީ ރައްޔިތުން ފަޚުވެރިވާ ފަދަ މުއްޔަކަށް އެރަށް ހެދުމެވެ. ހުރިހާ ދާއިރާއަކުންނެވެ. ސެންބެ މިހާރުވެސް ވަނީ މުލީ ޒުވާނުންނަށްޓަކައި މަސައްކަތް ފަށައިފައެވެ. މިހާރުވެސް އޭނާ ވަނީ މުލީ ޒުވާނުގެ އަޑު ސަރުކާރުގެ އިސް ފަރާތްތަކާ ހަމައަށް އުފުލައިފައެވެ. ސްޕޯޓްސް މިނިސްޓަރ މުއްޔަށް ކުރެއްވި ޒިޔާރަތެއްގައި ރަށުގެ ޒުވާނުންގެ އިހުސާސް ތަކާއި ޝުޢޫރުރުތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި މިނިސްޓަރ މަޙުލޫފަށް ހުށަހަޅުއްވައި ދެއްވީ ސެމްބެއެވެ.
މުއްޔަކީ ތަރައްޤީއަށް ލޯބިކުރާ ހޭލުންތެރި ރައްޔިތެެއް ދިރިއުޅޭ ރަށެކެވެ. އެހެން ކަމުން އެފަދަ ރައްޔިތުންތަކެއްގެ އެހީތެރިކަމާއެކު ސެމްބެއަށް ތަރައްގީގެ އެތައް މަސައްކަތެއް ކާމިޔާބު ކަމާއެކު ކުރެވޭނެއެވެ.
ސެންބެ އަކީ އަމިއްލަ ވަޒަނަށްދެކެ ލޯބިވާ ވަޠަނީ ދަރިއެކެވެ. އެލޯބި ތަރައްގީގެ ސިފައިގައި ދައްކާލުމަށް ސެމްބެއަށް ފުރުސަތު ދިނުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައެވެ. ސެމްބެ ކަށިގަނޑު ހިފައިގެން އެނުކުންނަނީ އައު މެޗަކަށެވެ. ފުޓުބޯޅަ ދަނޑުގައި އިންސާފުވެރިއެވެ. ސިޔާސީ ދަނޑުގައި މުލީ ކައުންސިލްގެ ރައީސަކަށް އިންތިޚާބު ވެއްޖެނަމަ އެރަށަށް ގެނެސްދޭނޭ ތަރައްގީއެއްގެ ބޮޑު ކަމާއެވެ.
ސުކޫލަށް ކުރި ހިދުމަތަށްވުރެ ގިނައީ އެތަން ފިތުނަ ކުރުން. ޒާތީ ގޮތުން މީހަކާ ޖައްސާލައިފިނަމަ ނެއްޓެން ނޭނގޭ މީހުން ކައުންސިލަށް ކައިރި ނުކުރުން ބުއްދިވެރީ. ކެންޕޭނު ކައިރިވީމަ މިހާރު ވަރަށް މީހުންނާ ގުޅޭ. ކުރިން އެންގްރީބާޑު. އަހަރެމެން ބޭނުމީ ހިތްތިރި ޒުވާނެއް. މިފަހަރު ބޮޑު ތަނުން އެކަން ފެންނާނެ.
އެކަމަކު ވެސް އޯކޭ، މިފަހަރު ހޮވޭނީ ސަމްމޫ
މި ސަރުކާރު ހޮވިގެން އުފާފާޅުކުރަން ޕިކަޕް ބުރުޖެހި މީހަކު މުލީ ކައުންސިލް ރައީސް އަކަށް މިހާރު ހުރީ. ނައިބު ރައީސް އަކަށް ހުރީ އެމްޑީފީގެ މެމްބަރެއް. މެމްބަރަކަށް ހުރި މީހާގެ ގޮތެއް ނޭނގެ. ހަޤީޤަތް ހާމާ ކުރީމާ ބައެއް މީހުނަށް ހަޖަމު ނުވެދާނެ. ސަރުކާރު ތެރެއިން ކަމެއް ނުކުރެވިގެން އުޅެންޖެހޭ ސަބަބެއް ނެތް. އެހެންވީ ކޮންމެހެން ސަރުކާރުގެ ކެންޑިޓޭޓް އެއް ހޮވުމުގެ ބޭނުމެއް ނެތް. ސެންބެ އަކީ ކަންކަން ކުރެވޭނެ އަދި ކޮށްދީފައި ހުރި ބޭފުޅެއް. އެންމެނާ ގުޅޭ ޚާއްސަކޮށް ޒުވާނުންނާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކޮންމެ ކަމެއްވެސް ކޮށްދޭނެ ޤާބިލް ބޭފުޅެއް.
އިތުރުފުޅު ނުހައްދަވާ. މިހާރު ތިޔައޮތް ކައުންސިލުގައި އެމްޑީޕީގެ އެއްވެސް މެމްބަރެއްނެތް އަދި އެމްޑީޕީއަށް ތާއިދުކުރާ މީހަކުވެސް ނެތް. ތިޔަ ރައީސް މީހާއަކީ ކުރިން ނިމިދިޔަ 2 އިލެކްޝަނުގައި ވެސް ބޮޑުއަގު ދީފައި ގަނެގެން މަންޒަރު ރީތިކުރަން ގެންދިޔަ މީހެއް. އެއީ ހަމަ ޓައީއަޅާފަހުރި ޑިސްޕްލޭ އެއް.
މައުލޫމާތަށްޓަކައި ބުނެލަން! ރައީސް ކަމަކަށް ސަރުކާރު ކެންޑިޑޭޓެއް ނެތް. ލިޔުން ރަނގަޅަށް ދޭހަވިނަމަ. ސެންބެ މިސަރުކާރާއިއެކު ކުރިއަށް ދާނެ ކަމުގެ ހެކި ފެންނާނެ.
ސެމްބެ އަކީ ކައުންސިލް ރައީސްކަމަށް އެންމެ ކުފޫ ހަަމަވާމީހާ. އެކަން މިހާރުވެސް އަންނަނީ ދައްކަމުން. މިހާރު މިއޮއް ކައުންސިލްގެ ބައެއް މެންބަރުންނާ ކައުންސިލްގަ ތިބި ބައެއް މީހުން ބޭނުންވަނީ ސަރުކާރުން ކަމެއް ކުރިޔަ ނުދޭން. މިކަހަލަ މޮޔައިން ކައުންސިލުން ނެރެ ތަނަވަސް ހިޔާލުގެ މީހުނަށް ފުރުސަތުދޭން ޖެހޭ.
ތީރުޅިގަދަމިތުރު
ރުޅިއަކީ ތަބީޢީގޮތުން އިންސާނާގެ ގައިގައި ލައްވާފައިވާ ކަމެއް. އެ ކޮންޓްރޯލް ކުރަން ނޭނގުމަކީ މައްސަލައަކަށްވާނީ،.. ދެން ބަލަން ޖެހޭނީ ސެމްބެއަށް ރުޅިކޮންޓްރޯލް ކުރެވޭތޯ ނޫނީ ނުކުރެވޭތޯ. މި ވީހާތަނަކަށް އަހަރެން އަދި ނުދެކެން ރުޅި ކޮންޓްރޯލްނުވެގެން އުޅުނު މަންޒަރެއް.
ސެންބެ އަކީ ވަރަށް ޤާބިލް ބޭފުޅެއް
ތީ ފިސާރި ވަރުގަދަ ފަހުލަވަަނެއް
ކިތައްމެ މޮޅު ލިޔުމެއް ލިޔުނަސް ސަރުކާރު ޖަވާބުދާރީ ކުރުވާށޭ ކިޔާފަ އަމިއްލަގޮތުން ކައުންސިލަށް ނުކުމެ ސަރުކާރަށް ބަވައިގެން ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ، މިއުޅެނީ ސަރުކަރު ޖަވަބުދާރީ ކުރަންތަ ނޫނީ ރަށަށް ކަމެއް ކޮށްދެވޭތޯތަ؟ ޢެހެންނެއްނޫން ތިޔަ ކައުންސިލަށް ސަރުކަރު ތަމްސީލުކުރާ 3 ވަރަކަށް މީހުން ހޮވައިފިނަމަ ރަށަށް ކަމެެއްކޮށްދެވޭނެ ކަަމަށްގަބޫލު ކުރެވޭ..
ތީގެ މާނަ އޮޅިއްޖެ. މި މަޤާމަށް ސަރުކާރު ކެންޑިޑޭޓަކު ކުރިމަތި ލާފަ އެބޮތްތޯ؟
ސަންފަ އެބުނީ މުޅިއެއްކޮށް ގޯސްވާހަކަ އެއްނޫން. ނާޒިމަކީ ކަން ކުރެވޭވަރުގެ ގާބިލު ކުއްޖެއް. ގޯސް ކުއްޖެއްނޫން ނާޒިމުގެ ވެސް ވިސްނުން ހުންނާނި ރަށަށް ކަމެއް ކޮށްދިނުމުގެ ވިސްނުން ކަމަށް ބެލެވެނީ. އެކަމަކު ތިޔަ ރަށު ކައުންސިލުކަމުގަ އަމިއްލަ ގޮތުން އައިސް އެތިބީ އާމްމުދަނީ ހޯދުމުގެ ވިސްނުމުގައި ތިބިބަޔަކު. އެހެންވެގެން ދެބުރުން 7 އަހަރު އެ ބޭކާރުވީ ކައުންސިލް ލެވެލްގަ ރަށަށް އެއްވެސްކަަލަ ކުރިއެރުމެއް ނައިސް. ރާއްޖެގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓިއެއްގެ ރެޕެރެސެންޓު ނުކުރެވޭ ގޮތަށް މެމްބަރުން ހޮވުމަކީ ރަށަށް އެންމެ ފައިދާ ހުރި ގޮތެއް ކަަމަކަށް ނުދެކެން. އެ ވަރިހަމަ ޕީޕީ ވިޔަސް ޖޭޕީ ވިޔަސް އެމްޑީޕީ ވިޔަސް، މީ އަހަރެންގެ ޚިޔާލު
ސަރުކާރު ޕާޓީ މީހުން ވެސް ހޮވިއްޖެ. އިދިކޮޅު މީހުންވެސް ހޮވިއްޖެ. މިހާރު ބޭނުން ވަނީ މިނިވަނެެއް. ރަށަށް ކަންތައް ކޮށްދޭނެ ތަޢުލީމީ ޒުވާނެއް.