ތުރާ ފިލުވުމަށް ސޯނާކްޝީ ސިންހަ ޓުއިޓާއާ ފޭއަށް ޖެހިއްޖެ

0

ނޮހޮރޮއްޕާން ކުރާ ޒާތުގެ ކަންތައްތަކުން އެންމެ ރަނގަޅަށް ސަލާމަތްވެ ހުރެވޭނީ އެއިން ދުރުގައި ހުރުމުން ކަމަށް ބުނެ ސޮނާކްޝީ ސިންހަ ޓުއިޓާއާ ފޭއަށް ޖެހުމަށް އެކައުންޓް ޑިއެކްޓިވޭޓް ކޮށްފިއެވެ. އަދި އިންސްޓަގްރާމްގައިވެސް މީހުންނަށް އޭނާގެ ޕޯސްޓްތަކަށް ކޮމެންޓް ކުރުމުގެ ފުރުސަތުވެސް ބަންދުކޮށްފިއެވެ.

ބޮލީވުޑްގެ ތަރި ސުޝާންތު ސިންހު ރާޖްޕޫތުގެ ދަންޖެހުމާ ގުޅިގެން ނަފްސާނީ މަސައްލަތަކަށް ބޮލީވުޑްގައި ސަމާލުކަން ދިނުން ވަނީ އިތުރު ވެފައެވެ. އަދި ބޮލީވުޑަށް ތަރިންނާއި އެމީހުންގެ ދަރިން އަތްގަދަކޮށްގެން އެހެން މީހުންނަށް ފުރުސަތު ނުދޭ މައްސަލަ ވަނީ ބޮޑު ބަހުސަކަށްވެފައެވެ.

Advertisements

ސޮނާކްޝީއަކީވެސް ފިލްމީ ބޮޑު ތަރިއެއްގެ ދަރިއެއްކަމުން އޭނާއަށްވެސް ފުރުސަތު ފަހިވެފައިވަނީ އެމަގުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އޭނާއާވެސް ދިމާ ކުރަމުންނެވެ.

ކަރަން ޖޯހަރުވެސް ވަނީ އެތައް ހާސްމީހުން ޓުއިޓާގައި އަންފޮލޯ ކޮށްފައެވެ. ކަންގަނާ ރައުވަޓް ސިފަކޮށްފައިވަނީ ކަރަން އަކީ ބޮލީވުޑްގައި ނެޕޮޓިޒަމްގެ އައްޕަ ކަމަށެވެ. އަދި އޭނާގެ ރުހުން އޮތް މީހަކަށްނޫނީ ފުރުސަތެއް ނުލިބޭ ކަމުގައެވެ.

ބޮލީވުޑްގެ އެވޯޑް ހަފްލާތަކުގައި މަހާ ތަރިން، އަރަމުން އަންނަ ތަރިންނާ ދިމާކޮށް މަލާމާތްކޮށްފައިވާ ވީޑިއޯތައްވެސް މި ދުވަސްވަރު އެފްބީގައި ގިނަ އަދަދަކަށް ދައުރުވަމުން ދެއެވެ. މީގެ ތެރޭގައި ޝާހިދު ކަޕޫރިއާއި ޝާހް ރުޚް ޚާން ސުޝާންތު ސިންގ ރާޖުޕޫތުގެ ނަން ކިޔައި ނަމަށް މަލާމާތް ކުރާ ވީޑިއޯއެއްވެސް އުޅެއެވެ.

 

Advertisements