ދެކުނު އޭޝިއާގެ ގައުމުތަކާ ގުޅުން ބަދަހި ކުރުމަަށް ޗައިނާއިން މަސައްކަތް ކުރަނީ

0

 

ދެކުނު އޭޝިއާގެ ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމަށް ޗައިނާއިން މަސައްކަތް ފަށައިފިއެވެ. ޗައިނާގެ މި އައު ރޫހު އައިސްފައިވަނީ އިންޑިއާއާއި ޗައިނާއާ ދެމެދުގެ ކުރިމަތިލުން ދެ ގައުމުގެ އައު ފިނި ހަނގުރާމައަކަށް ބަދަލުވުމަށް މިސްރާބް ޖަހާފައި ވަނިކޮށެވެ.

Advertisements

އިންޑިއާއިން ދަނީ ޗައިނާއާއެކު ވެފައިވާ ވިޔަފާރި އެއްބަސްވުންތައްވެސް ރޫޅާލައި އަމިއްލަ ފުދުން ތެރިކަން އިތުރު ކުރުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާއިން ވަނީ ބަންގްލަދޭޝް އިން އެތެރެ ކުރާ 5161 ބާވަތުގެ މުދަލަށް 97 ޕަސެންޓް ޑިއުޓީ ކުޑަ ކޮށްދިނުމަށް ނިންމައިފައެވެ. ބަންގްލަދޭޝުން ޗައިނާއަށް މި ހުށަހެޅުން ހުށަހަޅާފައި ވަނީ ތަންކޮޅެއް  ކުރިންނެވެ. ބަންގްލަދޭޝްއިން އެދިފައިވަނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ލިސްޓްގައި ހިމެނޭ އެލްޑީސީގެ ލިސްޓުގެ ގައުމެއްކަމުން ބަންގްލަދޭޝްއަށް ވިޔަފާރި މުދަލުން ޑިއުޓީ މައާފް ކޮށްދިނުމަށެވެ.

އޭޝިއާ ޕެސިފިކް ޓްރޭޑް އެގްރިމެންޓްގެ ދަށުން މިހާރުވެސް 3095 ބާވަތުގެ މުދަލަށް ޗައިނާއިން ޑިއުޓީ ބަންގްލަދޭޝްއަށް މައާފްކޮށްދެއެވެ.

ބަންގްލަދޭޝްއަކީ އިންޑިއާއާއި ޗައިނާއާވެސް ވަރަށް ގުޅުން ބާއްވާ ގައުމެކެވެ. ނަމަވެސް އިންޑިއާއިން ފާސްކޮށްފައިވާ ރަށްވެެހިކަމުގެ ގާނޫނުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ރައްޔިތުންގެ ފެންވަރުގައި ދެ ގައުމުގެ ގުޅުމަށް އައިސްފައިިވާކަން ފާހަގަ ކުރެވެއެވެ.

ދާދިފަހުން ޗައިނާއިން ވަނީ ސްރީލަންކާއަށްވެސް 40 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.

Advertisements