ހޫނު ވަމުންދާ ޗައިނާއާއި ޖަޕާންގެ ސެންކަކު ޖަޒީރާތަކުގެ މައްސަލަ

0

 

2017ގެ ފަހުން ފުރަތަމަ ފަހަރަށް އެމެރިކާއިން މަތިން ދާބޯޓް އުފުލާ މަނަވަރުގެ ތިން މަނަވަރު އެއްފަހަރާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ފޮނުވީ މި މަހުގައެވެ. ދެކުނު ޗައިިނާ ކަނޑުގެ ހޫނު ވަމުންދާ މަސްރަހާއެކު، ޖަޕާނުން ވަނީ ޗައިނާއާއެކު މައްސަލަ ޖެހިފައިވާ ޖަޒީރާއެއްގެ ނަން ބަދަލުކޮށް އިދާރީ ގޮތުން އެތަނުގައި ޖަޕާނުގެ ސިޔާދަތު ކަށަވަރު ކުރުމަށް ނިންމުންތަކެއް ނިންމާފައެވެ.

Advertisements

ޖަޕާން ޓައިމްސްއިން އަންގާރަ ދުވަހު، ޖަޕާނުގެ ޑިފެންސް މިނިސްޓަރ ޓާރޯ ކޯނޯއާ ޙަވާލާ ދީ ބުނެފައިވަނީ، ޗައިނާއާއި ޖަޕާނާ ދެމެދު މައްސަލަ ޖެހިފައިވާ ރަށްތަކުގެ ކައިރިން ފެނުނު ސަބްމެރީން އަކީ ޗައިނާގެ ސަބްމެރީންއެއް ކަމުގައެވެ.

ޗައިނާއާ ޖަޕާނާ ދެމެދު އަނެއްކާވެސް އައު ބުރަކަށް ހޫނުވެފައިވާ މައްސަލައަކީ، ޖަޕާނުގެ ސެކަކުސް ޖަޒީރާތައް ހިންގުމަށް އެހިސާބުގެ ސަރަހައްދީ ސަރުކާރުން ނިންމި ނިންމުންތަކާ ގުޅޭ ގޮތުންނެވެ. މި ޖަޒީރާތަކަށް ޗައިނާގައި ކިޔައި އުޅެނީ، ޑިއާއޮޔޫސްއެވެ. ދެ ގައުމުގެ ދެމެދު މި ޖަޒީރާގެ މިލްކުވެރިކަމަށް ދައުވާ ކުރިނަމަވެސް 1972 އިން ފެށިގެން މިތަންތަން ހިންގައި ބަލަހައްޓަމުން އައިސްފައިިވަނީ ޖަޕާނުންނެވެ.

ސެންސަކުސް ޖަޒީރާތައް އޮންނަނީ، ޓޯކިޔޯއާ 1200 މޭލު ބޭރުންނެވެ. ޖަޕާނުގެ އީއީޒެޑް ފުޅާކުރުމަށް މިއީ ޖަޕާނަށް މުހިންމު ތަނެވެ.

ސީއެންއެންއިން ރިޕޯޓް ކުރާ ގޮތުގައި ސެންކުސްއާ ބެހޭ ގޮތުން ޖަޖޕާނާއި ޗައިނާގެ ދެމެދު ކުރިމަތިލުމެއް ހިނގައިފިނަމަ، އެއީ އެމެރިކާއާއި ޗައިނާއާ ދެމެދުގެ ކުރިމަތިލުމަކަށް ވެދާނެ ކަމެއް ކަމުގައެވެ. ބޮޑު ބާރެއްގެ ހައސިއްޔަތުން އަދި ދެ ފަރާތުގެ އެއްބަސްވުމާ އެއްގޮތަށް ޖަޕާނު ދިފާއު ކޮށްދިނުމަކީ، އެމެރިކާއިން ކުރަން ޖެހޭނެ ކަމެކެވެ.

މީގެ އިތުރުން ޗައިނާގެ އުޅަނދުތައް ޖަޕާނުގެ ސަރަހައްދީ އިމުގެ ތެރޭން ފެނުމަކީ މިހިސާބުގެ މަސްރަހު އިތުރަށް ހޫނުވެފައިވާކަން އަންގައިދޭ ކަމެއްކަމަށް ސީއެންއިން ބުނެއެވެ.

ޖަޕާނުން ބުނާ ގޮތުގައި ހުކުރު ދުވަހާ ހަމައަށް، ޗައިނާގެ އަސްކަރީ އުޅަނދުތައް ޖަޕާންގެ ސަރަހައްދުން ޖައްސަޖައްސައިގެން ފެންނަތާ މިހާރު 67 ދުވަސްވީއެވެ. މިކަމާ ގުޅިގެން މިދިޔަ ބުދަ ދުވަހު ޖަޕާނުގެ ކެބިނެޓް ސެކެޓްރީ ޔޯޝިހީޑޭ ސޫގާ ވިދާޅުވެފައިވަނީ މިފަދައިންނެވެ.

“ސެންކަކުސް ޖަޒީރާ ތަކަކީ އަހަރަމެންގެ ކޮންޓްރޯލްގެ ދަށުގައިވާ ތަންތަނެވެ. އަދި ތާރީގޮތުންނާއި ސަރަހައްދުގެ ގޮތުން އަދި ބައިނަލްއަގްވާމީ ގާނޫނުތައް ބުނާ ގޮތުން އެއީ ސުއާލެއް ނެތް މިންވަރަށް އަހަރަމެންގެ ތަނެކެވެ. މިހާރު ހިނގަމުން މިދާކަންތައްތައް މި ގޮތަށް ކުރިއަށް ދިއުމަކީ ސީރިއަސް ކަމެކެވެ. ޗައިނާއަށް އަހަރަމެން އެކަށީގެންވާ ގޮތަކަށް ރައްދު ދޭނަމެވެ.”

ސެންކަކުސް ޖަޒީރާތައް

މިދިޔަ ހުކުރު ދުވަހު، ޗައިނާގެ ފޮރިން މިނިސްޓްރީންވެސް ވަނީ މިއަށް ރައްދުދީ ބަޔާނެއް ނެރެފައެވެ. އޭގައި ބުނެފައި ވެއެވެ.

“ޑިއާއޯ ޖަޒީރާތަކާއި އެ ޖަޒީރާތަކާ ގުޅިފައިވާ ތަންތަނަކީ، ޗައިނާއިން ވަކި ކޮށްނުލެވޭނެ ޗައިނާގެ ސަރަހައްދުގެ ބައެކެވެ. އަދި އެޖަޒީރާތަކުގެ ސަރަހައްދާއި އައްސޭރިފަށުގައިި ފޯރި މަރައި ގާނޫނު ތަންފީޒުކޮށް ހެދުމަކީ، އަހަރަމެންނަށް ލިބިގެންވާ ގާނޫނީ ބާރެކެވެ.”

ޗައިނާގެ ގްލޯބަލް ޓައިމްސްގައިވެސް ސެންކުސް ނުވަތަ ޑިއާއޯސްއާ ބެހޭ ގޮތުން ޗައިނާގެ އިޙުސާސްތައް ދައްކައިދޭ މިފަދަ ކޮމެންޓްރީތަކެއް ޝާއިއުކޮށްފައި ވެއެވެ.

ދެކުނު ޗައިނާ ކަނޑަކީ، މީގެ ސާޅީހަކަށް އަހަރު ކުރިންވެސް އެކަނޑުގެ ޖަޒީރާތަކުގެ މިލްކުވެރިކަމާއި ޗައިނާއާއި ސަރަހައްދުގެ ގައުމުތަކާ މެދު އޮންނަ މައްސަލަތަކުގެ ވާހަކަ އަބަދުވެސް ދެކެވޭ ތަނެކެވެ. ނަމަވެސް ޗައިނާއާއި އަވަށްޓެރިންގެ މެދުގެ މައްސަލަތައް ހޫނުވެފައިވާ މި ދުވަސްވަރު ކުއްލިއަކަށް ދެކުނު ޗައިނާ ކަނޑުގެ މަސްރަހު ހޫނު ވެފައިވަނީ، ކޮރޯނާ ވައިރަސްގެ ނިވަލުގައި ޗައިނާއިން މި ސަރަހައްދުގައި2020ގެ ފުރަތަމަ ކޮޅު ކުއްލިއަކަށް ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުގައި އަސްކަރީ ހަރަކާތްތައް އިތުރުކޮށް އަވަށްޓެރިންނަށް ގަނާ ކުރަން ފެށުމުންނެވެ.

މިކަންތައްތަކާއެކު އެމެރިކާގެ ކަނޑުގެ ސިފަައިން ވަނީ މިތާގައި ފޯރި މެރުން އިތުރުކޮށްފައެވެ. އަދި އިތުރު އަސްކަރީ މަތިންދާ ބޯޓުތައް ޖަޕާނަށް ފޮނުވާފައެވެ.

ހަމައެއާއެކު، މިދިޔަ ހަފްތާގައި ޖަޕާނުގެ އިޝިގާކީ ސިޓީ ކައުންސިލުން ވަނީ ސެންކަކުސް ޖަޒީރާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އައު ފިޔަވަޅުތަކެއް ތައާރަފް ކޮށްފައެވެ.

ޖަޕާނުގެ އަސާހީ ޝިމްބުން ނޫހުން ރިޕޯޓް ކުރިގޮތުގައި އިޝިގާކީ ސިޓީ ކައުންސިކުން ބޭނުންވީ، ސިޓީގެ މީހުން ދިރިއުޅޭ ތަންތަނާ ތަފާތު ގޮތަކަށް މީހުން ދިރިނޫޅޭ ތަންތާގެ ނިންގުން ބަދަލުކޮށްލާށެވެ. ނަމަވެސް މިނިންމުގައި ޗައިނާއަށް ނުތަނަވަސްކަން ދިނީ ސިޓީ ކައުންސިލްގެ ނިންމުމުގައިވާ މާނަފުރިގެންވާ އިބާރާތަކުންނެވެ.

މީގައި ބުނެފައިވަނީ. އިޝިގާކީ ކައުންސިލުން “ކަށަވަރުކޮށްދެނީ، މި ޖަޒީރާތަކަކީ، ޖަޕާނުގެ ސަރަހައްދުގެ ބައެއް ކަމުގައެވެ.” މިފަދައިންނެވެ.

މިއާ ވިއްދައިގެން ގްލޯބަލް ޓައިމްސްއާ ވާހަކަ ދައްކަވަމުން ޗައިނާގެ ފޮރިން އެފެއާޒް ޔުނިވަރސިޓީގެ ޕްރޮފެސަރަކު ވިދާޅުވީ މިފަދަ ނިންމުންތައް ނިންމައި ހެދުމުން މައްސަލަ އިތުރަށް ހޫނުވެ، ހައްލު ކުރަން އުނދަގޫ ވެގެންދާނީ ކަމުގައެވެ.

އެމެރިކާއިން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ އުޅަނދުތައް ބައިތިއްބައިގެން ޔަގީން ކުރަން ބޭނުންވަނީ އިތުރު ވަމުންދާ ޗައިނާގެ އަސްކަރީ ހަރަކާތުގައި ދެކުނު ޗައިނާކަނޑަކީ، ޓްރީލިއަން ޑޮލަރުން މުދާ ދަތުރުކުރާ މުހިންމު ކަނޑަކަށްވެފައި މިތާގައި މިނިވަންކަމާއެކު ދަތުރުކުރުމުގެ ހައްގު ހުރިހައި ފަރާތަކަށްވެސް އޮތްކަން ކަށަވަރު ކުރުމެވެ.

އެމެރިކާގެ މަތނމްދާބޯޓް އުފުލާ މަނަވަރު ޔޫއެސްއެސް ރޮނަލްޑް ރޭގަންއާއި އެ އުޅަނދާއެކު ހަރަކާތްތެރިވާ އެހެން މަނަވަރުތައް އަޅާފައި އޮންނަނީ ޖަޕާންގެ ކަނާގަވާ ޕްރިފެކްޗާގެ އަސްކަރީ ބޭސްގައެވެ. މި އުލަނދުތައް ފޯރި މަރައި ހަދަނީ ފިލިޕީންސްގެ ކަނޑުގައެވެ. ދެކުނު ޗައިނާ ކަނޑަށް ނިކުމެވޭނީ ތައިވާންއާއި ފިލިޕީންސްގެ ދެމެދު އޮންނަ ލޫޒޯން ކަނޑު އޮޅިން ނިކުމެގެންނެވެ.

އެމެރިކާގެ ޕެސިފިކް ފްލީޓްގެ ކޮމާންޑަރުން ވިދާޅުވާ ގޮތުގަގއި ކޮވިޑްއާ ގުޅިން އިތުރު ފިއްތުންތައް ކުރިމަތިވެފައިވާ ދެކުނު ޗައިނާ ކަނޑުގައި ބާއްވާ އަސްކަރީ ތަމްރީނުތަކަކީ ތައްޔާރީ ހާލަތުގައި ތިބިކަން އަންގައި ދިނުމަށް ބާއްވާ ތަމްރީނުތަކެއް ކަމުގައެވެ. މިއާ ވިއްދައިގެން ޗައިނާގެ އަސްކަރީ މުހައްލިލުން ވިދާޅުވަނީ އެމެރިކާއިން ގޮތް ދައްކަނީނަމަ، ޗައިނާއަށް ގޮތް ދެއްކިދާނެ ކަމުގައެވެ.

“މަތިންދާބޯޓު އުފުލާ އުޅަނދުތައް ސަރަހައްދަށް ޖަމާކޮށްގެން އެމެރިކާއިން ދުނިޔެއަށް ދައްކައިދޭން ބޭނުންވަނީ އެމެރިކާއަކީ ކޮންފަދަ ބާރުގަދަ ކަނޑުގެ ބާރެއް ކަމުގައެވެ. ޝީޝާއާއި ނާންޝާ ޖަޒީރާތައް ކައިރީގައި އެމެރިކާއިން ބާރުދައްކައި ސާބިތުކޮށްދެނީ އެމެރިކާއަކީ އެމެރިކާގެ ސިޔާސަތު އެހެން މީހުންގެ މައްޗަށް މަޖުބޫރުކުރާ ގައުމެއް ކަމުގައެވެ.” ގްލޯބަލް ޓައިމްސްގައި ބެއިޖިންގެ އަސްކަރީ ތަޖުރިބާކާރު ލީ ޖީ ވިދާޅުވިކަމަށް ރިޕޯތް ކޯށްފައި ވެއެވެ. އަދި އޭނާ ވިދާޅުވީ، މަތިން ދާބޯޓު އުފުލާ މަނަވަރުތަކަށް ހަމަލާދީ ކަނޑުފައްތާލާ ފެންވަރުގެ ޑީއެފް21ޑީގެ “ކެރިއަރ ކިލަރ މިސައިލް” އާއި ޑީއެފް 26 “ގުއާމް ކިލަރ މިސައިލް” ޗައިނާގައި ހުރިކަންވެސް އެމެރިކާއިން ހަނދާން ކުރަންވާނެ ކަމަށެވެ.

ޝީޝާއާއި ނާންޝާއަކީ، ޗައިނާއިން ޕާރސަލް އައިލެންޑްސްއަށް ދީފައި އޮންނަ ނަމެވެ.

 

ޖަޕާނުގެ ދިފާއީ ވަޒީރު ޓާރޯ ކޯނޯ

ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުނާ ގޮތުން އެފަރާތުން ދަނީ ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުގެ ހާލަތު ދިރާސާކޮށް ތަހްލީލު ކުރަމުންނެވެ.

“އީސްޓް އަދި ސައުތު ޗައިނާ ކަނޑުގެ ސަރަހައްދާ ބެހޭ ގޮތުން ތަފާތު ކަންތައްތަކެއް އަހަރަމެންނަށް ޗައިނާއާ ގުޅޭގޮތުން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި، ޗައިނާ ކަނޑާ ގުޅިގެން އަސްކަރީ ބަޖެޓް ޗައިނާއިން އިތުރު ކުރުމާއި އިންޑިއާއާއެކު ހަމަނުޖެހުމއް ފެށުމާއި ހޮންގ ކޮންގގައި އެއް ޗައިނާ ދެނިޒާމްގެ ސިޔާސަތަށް ފިއްތުންތައް ކުރިމަތި ކުރުން ފަދަ ކަންތައްތަކަކީ، ޗައިނާގެ ކޮމިއުނސިްޓް ޕާޓީގެ ނިޔަތާމެދު އަހަރަމެން ވސިްނާލަން ޖެހޭ ކަންތައްތަކެވެ.” ޖަޕާޏުގެ ދިފާއީ ވަޒީރު ކާނޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

 

Advertisements