ސުފުރާ: މަސްރިހަ

0

ބޭނުންވާތަކެތި

Advertisements

2 ގަނޑު ރޯމަސް ( ކުދިކޮށް ކޮށާފައި)
2 ފިޔާ ( ކޮށާފައި)
2 ލޮނުމެދު ( ގާނާފައި)
5 ރާނބާފަތްކޮޅު ( 2 /1 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
2 / 1 ޖޯޑު ހަނާކުރި ހަވާދު ( ފުނޑާފައިހުރި)
1 ޖޯޑ ކާށި ބޯކިރު
1 ގިތެޔޮ މިރުސް ( ފަޅިފަޅިކޮށްފައި)
2 ހިކނދިފަތް
1 ދަޅު ޓޯމާޓޯ ޕޭސްޓް
2 / 1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
1 ސައިސަމުސާ މުގުރި ދިރި
1 ސައިސަމުސާ މަސްޓަރޑް ކްރީމް
3 / 1 ސައިސަމުސާރީނދޫ
ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ތެއްޔެއް އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، މިރުސް، ހިކަނދި ރާނބާ، ރީނދޫ، އެއްކޮށް އަޅާލުމަށްފަހު ފިޔާކޮޅު މޯޅިވީމާ މަސްކޮޅު އަޅާލާށެވެ. މަޑުގިނީގައި މަސްކޮޅުގެ ކުލަ ބަދަލުވަންދެން ދޭފަތުން މަޑުމަޑުންހަލަމުންދާށެވެ.ދެން ހަވާދާއި ޕޭސްޓް 2 – 3 ޖޯޑުފެނުގައި ގިރާލާފައި އަދި ބޯކިރު ފިޔަވައި ބާކީހުރި ހުރިހާބާވަތްތައްއެއްކޮށްފައި ހަވާދުރޯފިލުމުން ބޯކިރު އެއްކޮށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

Advertisements