ބޮޑު ވަޒީރު އިމްރާން ޚާނަށް އިތުބާރު އޮތް ކަމަށް ޕާކިސްތާން ޕާލަމެންޓުން ފާސްކޮށްފިއެވެ. އިދިކޮޅު ޕާޓީތަކުން ބޮއިކޮޓްކުރި ޕާލަމެންޓްގެ ޖަލްސާގައި ނެގި ވޯޓްގައި އިމްރާން ޚާނަށް ލިބިވަޑައިގަތީ 178 ވޯޓެވެ.

ޕާކިސްތާންގެ މާލީ ވަޒީރު އަބްދުލް ހަފީޒު ޝެއިޚްއަށް ސެނެޓްގެ އިންތިޚާބުގައި ނާކާޟިޔާބު ވުމާ ގުޅިގެން އދިކޮޅު ފަރާތްތަކުން ގޮވާލީ، ބޮޑު ވަޒީރުގެ އިސްތިއުފާއަށެވެ. މިއާއެކު ރައީސް އާރިފް ޢަލްވީ، ހުށަހެޅުއްވީ ޕާލަމެންޓުން ޚާންގެ މައްޗްށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓަކަށް އަހާށެވެ.

324 މެމްބަރުންގެ ޕާލަމެންޓަށް ވޯޓަށް ހުށަހެޅުއްވީ، ޚާރިޖީ ވަޒިރު ޝާހް މަހްމޫދު ޤުރެއިޝީއެވެ.

ޕާލަމެންޓްގެ ޖަލްސާއަށް އިދިކޮޅު ފަރާތްތަކުން ގުޅިފައިވާ 11 ޕާޓީތަކާއެކު ޖަލްސާ ބޮއިކޮޓް ކުރިއެވެ.

ބޮޑު ވަޒީރުގެ އިތުބާރު އޮތްކަމަށް ފާސްވާން ބޭނުންވީ، 172 ވޯޓެވެ.