ފުޓްބޯޅައިގެ ތާރިހުގައި މިހާތަނަށް އެންމެ ގިނަބައެއްގެ ސަމާލުކަން އެއިންތިހާބަކަށް ހުއްޓުނު ބާސެލޯނާގެ މިފަހަރުގެ އިންތިހާބު ޔޯހާން ލަޕޯޓާ ބޮޑު ތަފާތަކުން މިރޭ ކާމިޔާބުކޮށް ރައީސް ކަމުގެ ގޮނޑި ކަށަވަރު ކޮށްފިއެވެ.
މައްސަލަތަކެއްގެ ތެރޭގައި އޮތް ބާސެލޯނާގެ އިންތިހާބް ލަޕޯޓާ ކާމިޔާބު ކުރީ %58.3 ކާމިޔާބު ކޮށްގެންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރީ އިންތިހާބީ ބަހުސްގައި ގިނަހަމަލާތަކެއް ފޮނުވާލި ވިކްޓަރ ފޮންޓޭއެވެ. ފޮންޓޭއަށް %31.3 ވޯޓް ލިބުނުއިރު އިންތިހާބުގެ ފުލަށް ދިޔައީ ޓޯނީ ފްރެއިޒާއެވެ. އޭނާއަށް ލިބުނީ ވޯޓުގެ %9.3 ވޯޓެވެ.
ލަޕޯޓާއަކީ މިހާރު މަޝްހޫރު ކޯޗެއްގެ ގޮތުގައި ހުރި ޕެޕް ގާޑިއޯލާ، ބާސެލޯނާގެ ޔޫތު ޓީމަށް އިރުޝާދު ދެމުން ދަނިކޮށް ބާސެލޯނާގެ ސީނިއަރ ޓީމު 2008 ވަނަ އަހަރު ހަވާލު ކުރި ފަރާތެވެ. އޭރު ލަޕޯޓާ ހުރީ ބާސެލޯނާގެ ރައީސް ކަމުގެ މަގާމުގައެވެ. ލަޕޯޓާގެ ރައީސް ކަމުގައި ބާސެލޯނާއިން ޗެމްޕިއަންސް ލީގް 2 ފަހަރު، ސްޕެނިޝް ލަލީގާ 4 ފަހަރު، ޔުއެފާ ސްޕަރ ކަޕް އެއްފަހަރު ، ކްލަބު ވޯލްޑް ކަޕް އެއްފަހަރު، ސްޕެނިޝް ސްޕަރ ކަޕް އެއްފަހަރު އަދި ސްޕެނިޝް ކޮޕާ ޑެލްރޭ އެއްފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ.
ރައީސް ކަމުގައި ލަޕޯޓާ ކުރިމަތިލާން ޖެހޭނެ ފުރުތަމަ ކަމަކަށް ވެގެންދާނީ ކެޕްޓަން އަދި އެކްލަބުގެ ތަރި ލިއޮނަލް މެސީ ކްލަބުގައި މަޑު ކުރުވުމުގެ ޗެލެންޖާއެވެ.