ހޮންކޮންގގެ ޒާތީ މިނިވަންކަމަށް ބާރުދޭ ބިލް ކޮންގްރެސްއިން ފާސްކޮށްފި

0

ހޮންގކޮންގ ގެ ޒާތީ މިނިވަންކަމަށް އެމެރިކާއިން ބާރުއަޅާކަން ހާމަ ކޮށްދިނުމުގެ ގޮތުން ކޮންގްރެސްއަށް ހުށަހެޅި ބިލް ފާސްކޮށްފިއެވެ. މި ބިލަކީ ހޮންގކޮންގ ގެ ޒާތީ މިނިވަންކަން ހަނިކުރުމަށް އެހީތެރިވާ ޗައިނާ މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފާސްކޮށްފައިވާ ބިލެކެވެ.

އަލްޖަޒީރާއިން ރިޕޯޓް ކުރިގޮތުގައި، ހޮންގކޮންގގެ ޒާތީ މިނިވަންކަމާ ދެކޮޅަށް މަސައްކަތް ކުރާ ކުންފުނިތަކާ ދެކޮޅަށްވެސް މިބިލުން ފިޔަވަޅު އަޅާނެއެވެ.

Advertisements

މި ބިލަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ މިބިލަށް ވޯޓްލައިގެން އެމީހުން ތިބީ ކޮންފަޅިއެއްގައިކަން ހާމަވެގެންދާނެ ކަމަށެވެ. އަދި މިއީ ވަރަށްވެސް މުހިންމު ފައްތަރެއް ކަމަށާއި މިފަދަ ބިލެއް ފާސްކުރުމަށް މިއީ އެންމެ މުނާސިބު ވަގުތު ކަމުގައިވެސް މި ބިލް ތަޢާރަފް ކުރެއްވި ސެނެޓަރ ކްރިސް ވެން ހޮލެން ވިދާޅުވިއެވެ.

ހޮންގކޮންގ އޮޓޯނޮމީ އެކްޓް ފާސްކުރުމުގެ ކުރިންވެސް އެމެރިކާއިން ވަނީ ހޮންގކޮންގއަށް އެމެރިކާއިން ދީފައިވާ އިމްތިޔާޒުތައް ނިގުޅައިގަނެ، މަތީ ފެންވަރުގެ ޓެކްނޮލޮޖީއާއި ހަތިޔާރު ވިއްކުން މަނާ ކޮށްފައެވެ.

Advertisements