ކޮވިޑަށް ޕޮޒިޓިވްވެ އަމީތާބުގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

0

ކޮވިޑް 19 އަށް ޕޮޒިޓިވްވެ ބޮލީވޫޑުގެ މެގަ ސްޓާ އަމީތާބައްޗަންގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

ބޮލީވޫޑް ހަބަރުތައް ބުނާގޮތުގައި77 އަހަރުގެ އަމީތާބު، މިއަދު އެޑްމިޓް ކުރީ، މުމްބާއީ، ނާނާވަތި ހޮސްޕިޓަލްގައެވެ.

Advertisements

އުމުރުން ދުވަސްވި ނަމަވެސް އަމީތާބު އަންނަނީ ބޮލީވޫޑުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

މިހާރުވެސް ގެންދަނީ ބައެއް ފިލްމުތަކުގެ އިތުރުން ކުރިއަށް އޮތް ކޯންބަނޭގާ ކުރޮޅުޕަތީ، ޝޯގެ މަސައްކަތްވެސް ކުރަމުންނެވެ.

އަމީތާބު މިހާރު މަސައްކަތް ކުރަމުންދާ ފިލްމު ތަކުގެ ތެރޭގައި ރަމްބީރު ކަޕޫރާއު އަލިޔާބަޓް އާއެކު ކުޅެމުންދާ ފިލްމު ބްރަހަމަސްތުރާ ހިމެނެއެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ އަޔާން މުކަރުޖީއެވެ.

އަމީތާބު މިހާރު މަސައްކަތް ފަށާފައި ވަނީ ކޯންބަނޭގާ ކްރޯޅުޕަތީގެ12 ވަނަ އެޑިޝަނެވެ.

އަމީތާބު އެންމެ ފަހުން ފެނިފައިވަނީ، އައުޝްމަން ކުރާނާއާއެކު ޝޫޖިތު ސިރުކާރުގެ ފިލްމު ގުލާބޯ، ސިތާބޯ އިންނެވެ.

ހާލު ބޮޑުވެގެން މިދިޔަ އަަހަރުވެސް އަމީތާބު ވަނީ ހޮސްޕިޓަލްގަިއ އެޑްމިޓް ކޮށްފައެވެ. ނަމަވެސް ޓެސްޓުތަކެއް ހެދުމަށްފަހު ދެދުވަސްފަހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

Advertisements