އުމުރުން 18 އަހަރު ނުފުރޭ ދެކުއްޖަކު ބަލިވެ އިން ދެމައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެދެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނީ މީގެތެރެއިން އެއް މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށާއި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އަދި ދެވަނަ މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށާއި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 18 ވަނަ ދުވަހު 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.