ވަގުތު ކޮޅެއް ހުސްކޮށްލުން!

0

 

ލިޔުނީ: ޝަވާލް ރަޝް،އިންޓަރނޭޝަނަލް ޔުނިވަރސިޓީ އޮފް މެލޭޝިޔާ- ވޭލްސް

Advertisements

ދިވެހި ބަހަށް ތަރުޖަމާކުރީ: މަމްނޫން އަހުމަދުﷲ ޖަމީލް

ހާސްވޭތަ؟ ކަންބޮޑުވޭތަ؟ ހިތްވަރު އެލޭތަ؟

ކޮންމެ އިންސާނަކީވެސް ކޮންމެވެސް މިންވަރަކަށް ހާސްވެ ކަންބޮޑުވާނެ މީހެކެވެ. ހާސްވެ ކަންކަމާއި ވިސްނުމަކީ ގޯސްކަމެއް ނޫނެވެ. އެފަދަ ހާސްކަމާއި ކަންބޮޑުވުން ތިމާގެ މައްޗަށް ވެރިވެ، ކުރަން ހުރި މަސައްކަތްތައް މަޑުޖެހި، ތިމާއެކު މަސައްކަތް ކުރާ ފަރާތްތަކަށް ތިމާގެ ކަންބޮޑުވުން ފޯރަންފަށާ ހިސާބަކީ ތިމާގެ އަމިއްލަ ނަފްސަށްޓަކައި ކުޑަ ވަގުތު ކޮޅެއް ހުސްކޮށްލަންވީކަން އަންގައިދޭ އެންމެ ބޮޑު ރަނގަބީލެވެ.

ދުވަހެއް ނުވަތަ ކުޑަ ވަގުތު ކޮޅެއް ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ޓަކައި ހުސްކޮށްލުމަކީ ތިމާއަށް ޞިއްޙީގޮތުންނާއި، މަސައްކަތުގެ މާޙައުލުގައްޔާއި، އަދި އާންމު ދިރިއުޅުމަށްވެސް ވަރަށް މުހިންމު ކަމެކެވެ. ޝައްކެއްވެސް ނެތެވެ! ކުޑަ ވަގުތުކޮޅަކުން ނުވަތަ އެއްދުވަހުގެ މަތިން ތިމާއަށް ކުރިމަތިވެފައިވާ ހާސްކަމާއި ކަންބޮޑުވުން ފިލުވާނުލެވިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ތިމާ، ތިމާއަށް ޓަކައި ހުސްކުރާ ކުޑަ ވަގުތުކޮޅުންވެސް، ސިކުނޑި ތާޒާވެ، ހިތްވަރު އައުވެ، ތިމާގެ ވިސްނުން ފުޅާކޮށްދޭނެ ކަމެކެވެ.

ތިމާ ނަގާ ހުސްވަގުތު ކޮޅުގެ ސަބަބުން ތިމާގެ ޗާޖު ހުސްވެފައިވާ ސިކުނޑި އަލުން ޗާޖުވެއެވެ. އަދި ފުރިހަމަ ގޮތެއްގައި މަސައްކަތް ކުރާ ސިކުނޑިއަކީ އިންސާނާ އަބަދުވެސް އިތުރު ހަރުފަތަކަށް ފޯރުކޮށްދިނުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރެވެ. ހާސްވެ އަބަދތުވެސް ނުތަނަވަސް ކަމެއްގައި ވާނަމަ ތިމާގެ ވިސްނުން ބަލިކަށިވެއެވެ. އަދި ސާބިތު ނިންމުތައް ނިންމައި އެ ނިންމުތަކާއި މެދު ވިސްނަންޖެހޭ ވިސްނުންތަކައް ހުރސް އެޅެއެވެ. މިފަދަ ހުސްވަގުތު ކޮޅެއްގެ ސަބަބުން ތިމާގެ އިހުސާސްތަކާއި މެދު ވިސްނާ އެ އިހުސާސްތަކާއި ގުޅޭގޮތުން އެންމެ ފުރިހަމަ ނިންމުން ނިންމުމައް ޖާގަ ލިބިގެންދެއެވެ. މިކަންކަމުގެ ސަބަބުން ތިމާގެ މަސައްކަތައް އިތުރައް ފަރުވާތެރިވެ، ހާޞިލް ކުރަން ބޭނުން ލަނޑުދަނޑި ހާޞިލްކުރުމަށް ބާރުލިބިގެންދެއެވެ. އެހެންކަމުން ބްރޭކްޑޭއެއް ނެގުމަކީ ތިމާ މަސައްކަތްކުރާ އިދާރާއައްވެސް ލިބޭ ކުރިއެރުމެކެވެ.

ކޮންމެ މީހަކީ ތަފާތު މީހެކެވެ. އެހެން ކަމުން އެކި މީހުން އެމީހުންގެ ހުސްވަގުތުތަކުގައި ކުރާ ކަންކަން ވެސް ތަފާތެވެ. އެމީހެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ކުދި ކުދި ކަންތައްވެސް ތަފާތުވެގެންދެއެވެ.

އެއްބައިމީހުންނަކީ ލިބޭ ހުސްދުވަސް އެނދުން ތެދު ނުވެ، އެނދުމަތީގައި ހޭދަކުރާ ބައެކެވެ. އަނެއްބައި މީހުންނަކީ ގޭތެރޭގައި ޓީވީ ބަލާ ނުވަތަ ސޯޝަލްމީޑިޔާގައި ވަގުތު ހޭދަކުރާބައެކެވެ. މީގެ އިތުރުން، ކުޅިވަރުކުޅެ، ކަސްރަތު ކޮށް ކޮންމެވެސް މަސައްކަތެއްގައި ޝާމިލުވެގެން އުޅޭ މީހުންވެސް އުޅެއެވެ. އަދި ވިޔަފާރިކޮށް ބޭރަށް ނިކުމެ ރަހުމަތްތެރިންނާއި އާއިލާއާއެކު ވަގުތު ހޭދަކުރާ މީހުންވެސް އުޅެއެވެ. ހަނދާނުގައި ބަހައްޓަންވީ ކޮންމެ ކަމެއް ކުރިކަމުގައިވިޔަސް އެކަން ތިމާ ކުރަނީ ތިމާގެ އަމިއްލަ ފައިދާއައްޓަކައެވެ. ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ޓަކައެވެ.

ހަޔާތުގައި ހުރިހާ ކަމެއް ހަމަހަމައައް ކުރުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ. ނަމަވެސް އަބަދުވެސް ކުރަންވީ ކަމަކީ ތިމާގެ ނަފްސު ކަންބޮޑުވުމާއި ހާސްވުމުން ދުރުގައި ބެހެއްޓުމެވެ. ތިމާއައްޓަކައި އަބަދުވެސް ހުސްވަގުތުކޮޅެއް ހުސްކޮށްލުމެވެ.

Advertisements