ޝަކުންތަލާ ދޭވީ ފިލްމް މިއަދު ރިލީޒް ކުރާނެ

0

ބޮލީވުޑުން ތައްޔާރުކޮށްފައިވާ، ޝަކުންތަލާ ދޭވީ ފިލްމު މިއަދު ރިލީޒް ކުރާނެއެވެ. މިފިލްމު ރިލީޒް ކުރުމުގެ މުނާސަބާގެ ކުރިން ގިނީސް ބުކް އޮފް ރެކޯޑްސްއިން ވަނީ ޝަކުންތަލާއަށް އެވޯޑެއްވެސް ދީފައެވެ. އެންމެ ހަލުއި ކަމާއެކު ހިސާބު ނަންބަރު ޖަހައިގެން ޖަވާބު ހޯދާ މީހާގެ ރިކޯޑް އަދިވެސް ހަދާފައިވަނީ ޝަކުންތަލާ ދޭވީއެވެ. ގިނީސް ބުކް އޮފް ރެކޯޑްސްއިން ދިން އެވޯޑާ ހަވާލުވީ އޭނާގެ ދަރިފުޅު އަނޫޕަމާ ބެނަރޖީއެވެ.

1980 ވަނަ އަހަރުގެ ޖޫން މަގު ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގައި ބާއްވާފައިވާ ބައްދަލުވުމުގައި ޝަކުންތަލާ 28 ސިކުންތުގެ ތެރޭގައި 13 އަދަދު ގުނަކޮށްފައި އޭގެ ޖަވާބު ދިނެވެ. ގިނީސް އިން ބުނަނީ ފާސްޓެސްޓް ހިއުމަން ކޮމްޕިއުޓޭޝަންގެ ރެކޯޑް ގާއިމް ކުރި މީހަކީ ޝަކުންތަލާ ކަމަށެވެ. މިރިކޯޑް އަދިވެސް މުގުރާލާފައެއް ނުވެއެވެ.

Advertisements

ޝަކުންތަލާ އަކީ ހިސާބު އިލްމާއި ރަމަލު ޖެހުމުގައި އެވަރުގެ ދެވަނައެއް ނެތް މީހެކެވެ. އޭނާގެ މައްޗަށް ކުޅެފަަައިވާ ފިލްމު ޝަކުންތަލާ ދޭވީ ރިލީޒް ކުރުން އޮންނާނީ މިއަދުއެވެ.

މި ފިލްމުގައި ލީޑް ރޯލް ކުޅެފައިވަނީ ވިދްޔާ ބާލަން އެވެ. އެމެޒަން ޕްރައިމް އިން މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވެއެވެ.

މި ފިލްމުގައި ދައްކައި ދެނީ ޝަކުންތަލާ އިނގިރޭސިވިލާތަށް 1930 ގެ އަހަރުތަކުގައި ގޮސްގެން އޭނާގެ ހުނަރުވެރިކަމުން އިނގިރޭސިން ހައިރާން ކޮށްލާ މަންޒަރެވެ. އަދި ޅަފަތުގައި އޭނާ ހިސާބު ނަންބަރުތަކަށް އަވަަސް ޖަވާބުތައް ދޭ ތަނެވެ.

އަންހެނުންގެ ހައްގަށް ވާހަކަ ދައްކާ މިޒަމާނުގައި ޝަކުންތަލާ ގެ މިފިލްމުން ދައްކައި ދެނީ އަންހެންމީހާ އޭނާގެ އަމިއްލަ ޒާތުގައި ދާއިރާއަކުން އަރައި ހުރިނަމަ އޭނާއަށް ކުރިއަށް ނެރުމަށް އެހެން މީހުންގެ މައްޗަށް ބަރޯސާ ކުރަން ނުޖެހޭނެ ކަމަށެވެ.

ފާޑުކިޔުންތެރިން ބުނާ ގޮތުގައި ޝަކުންތަލާގެ ރޯލް ވިދްޔާބާލަން ކުޅެ ދައްކާފައިވަނީ އޭނާގެ އާންމު ހުނަރުވެރި ވައްޓަފާޅިއަށް، ނިކަން ގަޔާ ވެގެންނެވެ. ވިދްޔާބާލަންއަށް މިރޯލް ކުޅުމަށް ފައްކާ ކުރެވުނީ ޝަކުންތަލާގެ ދަރިފުޅުގެ އެހީތެރިކަމާއެކުގައެވެ.

Advertisements