ކަޝްމީރު ބައިކޮށްލި ފަހުން އަހަރެއްވާއިރު ވީކިހިނެއް؟

0

ކަޝްމީރު ބައިކޮށްލައި، ކަޝްމީރު އިންޑިއާގެ ޔޫނިއަން ޓެރިޓްރިއަކަށް ހެދިފަހުން އަހަރެއްވާން ދަނީއެވެ. ކަޝްމީރުގައި ވީގޮތާއި ވަމުންދާ ގޮތަށް ބަލައިލަމާ ހެއްޔެވެ؟

އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާ މިދިޔަ އަހަރު އޮގަސްޓް 5 ގައި އުވައިލައި، ކަޝްމީރު ދެ ބަޔަކަށް ބަހާލީއެވެ. އެއް ބަޔަކީ ލަދާކެވެ. އަނެއް ބަޔަކީ ކަޝްމީރެވެ. ދެ ބައިވެސް އިންޑިއާގެ ޔޫނިއަން ޓެރިޓަރީއަކަށް ހަދައި އައު ޗާޓެއް އިންޑިއާ ސަރުކާރުން އިޢުލާން ކުރީއެވެ.

Advertisements

ލަދާކްގައި އުޅޭ ޝީއާ މަޛްހަބުގެ މުސްލިމުން ވަނީ ލަދާކްގައި ބައިގިނަ ޖަމާއަތެއްގެ ބަޔަކަށް ވެގެން ގޮސްފައެވެ. ކުރިން ލަދާކްގައި ބައިގިނަ ބަޔަކީ ސުންނީންނެވެ. ނަމަވެސް މިހާރު އެމީހުން ބައިގިނަ މީހުންނަށް ވެގެން ގޮސް އެމީހުންގެ ކަންތައްތަކުގައި ބަސްކިޔުމަށް ޝީއާއިންނަށް ބާރު ލިބިގެން ދިޔައީއެވެ. ލަދާކްގައި މުސްލިމުންގެ އާބާދީއަކީ 46 އިންސައްތަ އެވެ. ބުޑިސްޓުން 40 އިންސައްތައެވެ.

މާއްދާ 370 އުވާލުމުން އުފާ ފާޅުކުރަމުންދާ މީހުންގެ ތެރޭގައި ޝިއާއިން ހިމެނެއެވެ.

އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަޝްމީރުގައި އިތުރު މަސައްކަތްތަކެއް އިންޑިއާ ސަރުކާރުން ވަނީ ފަށާފައެވެ. ޖައްމޫ އެންޑް ކަޝްމީރު ވިމެން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ފަގީރުކަމުގައި އުޅޭ އަންހެނުންނަށް 9.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައި މައިކްރޯ ލޯންތައް ދޭން ފަށާފައެވެ. އަދި އަނެހްނުން ބާރުވެރި ކުރުމަށް ޚާއްސަ ޕްްރޮގްރާމުތަައްވެސް ވަނީ ފަށާފައެވެ.

އަންހެނުން ބާރުވެެރިކުރުމަށް ހިންގާ ސިޔާސަތުގެ ދަށުން އިގްތިސާދީ އަދި ސިއްހީ ގޮތުން ބާރުވެރިކުރުވައި ގާނޫނީ އެހީތެރިކަން ދީ، ނަފްސާނީ ކައުންސެލިންއާއި އަންހެނުން ރައްކާތެރިކުރުމަށް ކެމްޕޭންތައް ހިންގުމާއި މެންޓަލް ހެލްތާ ގުޅޭ ޕްރޮގްރާމުތައް ހިންގުމުގެ ސަބަބުން ކަޝްމީރު ވާދީގެ ހާލަތު ބަދަލު ވެގެން ދާނެ ކަމަށް ފެންނަ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ އިޓަލީވިލާތުގެ މެންބަރ ޖެންޑިއާ ގާންސިއާ ވިދާޅުވެއެވެ.

ޖައްމޫ އާއި ކަޝްމީރުގައި އީކޮމާސް އިތުރު ކުރުމުގެ ގޮތުން އިންޑިއާގެ ޕޯސްޓަލް ސާވިސްއިން ވަނީ ކަޝްމީރުގައި ޚިދުމަތް ފުޅާކޮށްފައެވެ. އެގޮތުން ޕާރުސަލް ޑެލިވަރީ ހަބެއް ސްރީނަގަރުގައި ޖެނުއަރީ މަހު ތައްޔާރުކޮށްފައެވެ.

ކޮވިޑް 19 ގައި ޖައްމޫއާއި ކަޝްމީރު ވަނީ އިންޑިއާގެ އެހެން ސަރަހައްދުތަކަށް ވުރެން ބޮޑަށް ކާމިޔާބު ހޯދާފައެވެ. މުޅި އިންޑިއާގައި ގައުމީ ފެންވަރުގައި ކޮންމެ މިލިއަނަކަށް ކޮވިޑް 19އަށް ޓެސްޓް ކުރެވެނީ 13 ހާހެއްހާ މީހުންނެވެ. ނަމަވެސް ޖައްމޫ ކަޝްމީރުގައި ކޮންމެ މިލިއަނަކަށް 45 ހާހެއްހާ މީހުން ޓެސްޓް ކުރެވެއެވެ.

މުޅި އިންޑިއާގައި ޕޮޒިޓިވް ވާ ނިސްބަތް އުޅެނީ، 8 ޕަސެންޓްގައެވެ. ނަމަވެސް ކަޝްމީރުގައި ޕޮޒިޓިވް ވާ ނިސްބަތް އުޅެނީ 3 ޕަސެންޓްގައެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ޕޮލެންޑްގެ މެންބަރު، ރީޒާދް ޗަރްނެޒްކީ ވިދާޅުވާ ގޮތުގައި ޔޫނިއަން ޓެރިޓްރީ ޖައްމޫއާއި ކަޝްމީރުގައި ކޮރޯނާ ކޮންޓްރޯލް ކުރި ގޮތަކީ އެހެން ތަންތަނުން ނަމޫނާއެއްގެ ގޮތުގައި ނަގަން ޖެހޭނެ ކަމެކެވެ. ކަޝްމީރުގައި ކޮރޯނާ ކޮންޓްރޯލް ކުރެވިފައިވަނީ ރައްޔިތުންނާއި ޓެރިޓްރީގެ މަސްއޫލުވެރިން ގުޅިގެން ކުރި މަސައްކަތުން ކަމަށް އޭނާ ފާހަގަ ކުރައްވައެވެ. އަދި އެހީތެރިކަން ލިބެން ޖެހޭ މީހުންނަށް އިންޑިއާ ސިފައިންގެ ފަރާތުން ވަގުތުން އެހީތެރިކަން ފޯރުވައިދީފައިވާ ކަމީ މިވަބާ ކޮންޓްރޯލް ކުރުމަށް އިތުރު ހިތްވަރަކށް ވެގެން ދިޔަ ކަމެއް ކަމުގައިވެސް އޭނާ ފާހަގަ ކުރައްވައެވެ.

ޖައްމޫ ކަޝްމީރުގެ ހަނަފަަސް އުސް ހިސާބުތަކުގެ ދަނޑުވެރިކަން ރަނގަޅުކޮށް ފިނި މޫސުމާއި ވިއްސާރަ މުސުމުގައި ކޯރުތަކުން އަންނަ ފެން ކޮންޓްރޯލް ކުރުމަށް އިރިގޭޝަންއަށް އިތުރު ޕްރޮޖެކްޓްތައް އިންޑިއާގެ ބޮޑު ވަޒީރުގެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވެއެވެ. މިއިން ވަނީ ވަޒީފާގެ ފުރުސަތުތައް އިތުރު ވެގެން ގޮސްފައެވެ.

ކަޝްމީރުގައި ޓެރަރިޒަމްގެ ހަމަލާތައް ވަނީ ވަރަށް ބޮޑުތަނުން މަދުވެގެން ގޮސްފައެވެ. ނަމަވެސް ކޮންޓްރޯލު ކުރެވިފައިވަނީ ބޭރުން އަންނަ ޓެރަރިސްޓުންގެ ހަމަލާތަކެވެ. ނަމަވެސް ޒުވާނުންގެ ތެރޭން ޓެރަރިޒަމަށް ވަންނަ ބަޔަކުވެސް ފެންނަމުންދާ ކަމަށާއި އެމީހުންނަށް އިތުރު އިގްތިސާދީ ފުރުސަތުތައް ފަހިކޮށް ދިނުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ކުދި ތަންތާގައި ދަނޑުވެރިކަން ކޮށް ބޮޑު މަންފާއެއް ހޯދުމަށްޓަކައި ގްރީން ހައުސްތައް ބިނާ ކުރުމުގެ ޕްރޮޖެކްޓްތަކެެއް ވެސް ދަނީ ހިންގަމުންނެވެ.

މާމެލާމެލި އުފެއްދުން އިތުރުކޮށް އެއިން ދަނޑުވެރިންނަށް ނަފާ އިތުރުވާނޭ ގޮތަށް ފްލޮރިކަލްޗާއާއި ހޯރޓިކަލްޗާގެ މަޝްރޫއުތައްވެސް ޓެރިޓްރީގެ ސަރުކާރުން ވަނީ ފަށާފައެވެ.

ކަޝްމީރުގައި ސިފައިންނާ ދިމާއަށް އޮށްގާ އުކުމަކީ ކުރިން އާދައިގެ ކަމެކެވެ. 2017 ވަނަ އަހަރު، އޮށްގާ އުކުމުގެ 2653 ހާދިސާ ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް 2020 ގެ ޖެނުއަރީގައި އޮށްގާއުކުމުގެ ހާދިސާތައް 40 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ދައްކައެވެ.

ޔޫނިއަން ޓެރިޓްރީއަކަށް ކަޝްމީރު ހެދިފަހުން އަހަރެއްވާ އިރު ބައެއް ކަހަލަ ގޮންޖެހުންތައް އަދިވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރަނގަޅު ފެންވަރެއްގައި އިންޓަރނެޓްގެ ޚިދުމަތް ދިނުމާއި، ބަންދުކޮށްފައިވާ ސިޔާސީ ލީޑަރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވެވޭނެގޮތް ފަހިކޮށްދިނުން ހިމެނެއެވެ.

Advertisements