އެމްޓީސީސީއަށް އަށާރަ މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

0
އެމްޓީސީސީ ބިލްޑިން: ފޮޓޯ ޕީއެސްއެމް

އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 18 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓިސީސީގެ މާލީ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެކުންފުންޏަށް 14 މަޝްރޫއެއް ނިންމާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން ދެވަނަ ކުއާޓަރުގައި އިތުރު އަށް މަޝްރޫއެއް ފަށާފައިވާ ކަމަށާއި ޖުމްލަ 75 މަޝްރޫއެއްގެ މަސައްކަތް ކޮށްފައިވާކަމަށް މާލީ ރިޕޯޓުން ދައްކައެވެ.

އެމްޓީސީސީއަށް މިކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 18 މިލިއަން ރުފިޔާ ލިބިފައިވީނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 62 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެއެވެ.

އެމްޓީސީސީ މާލީ ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި ކުއާޓާގައި ކޮވިޑް 19 ގެ ސަބަބުން އެކުންފުނީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ހަރަކާތްތައް މަޑުޖައްސާލާފައި ވާކަމަށެވެ.

މީގެއިތުރުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެކު އެމްޓީސީސީ އިން ކުރަމުންދިޔަ މަސައްކަތްތަކާ ބެހޭ މައުލޫމާތުތައް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާއި ހިއްސާކޮށްފައި ވާނެ ކަމަށް އެ ރިޕޯޓްގައި ފަހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ގެ އަލާމާތް ނެތް ރަށްރަށުގައި އެކުންފުނިން ހިންގަމުން ގެންދިޔަ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައިވާކަމަށްވެސް އެމްޓީސީސީގެ މަލީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Advertisements