މެލޭޝިޔާގެ ކުރީގެ ފިނޭންސް މިނިސްޓަރ ހައްޔަރުކޮށްފި

0

ކޮރަޕްޝަންގެ މައްސަލައެއްގައި މެލޭޝިއާގެ ކުރީގެ ފިނޭންސް މިނިސްޓްރ ލިމް ގުއަން އެން ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ޗައިނާއާ ގުޅިފައިވާ 1.5 ބިލިޔަން ޔޫ.އެސް ޑޮލަރުގެ ކަނޑުއަޑީގެ ޓަނަލް ޕޮރޮޖެކްޓެއްގެ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެކަން ތަހުގީގު ކުރުމަށްފަހު ކަމަށް މެލޭޝިއާ ސަރުކާރުން ވިދާޅުވެފައިވެއެވެ.

Advertisements

އޭނާ ހައްޔަރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭގައެވެ. އެރޭ އޭނާ ހައްޔަރު ކުރުމަށްފަހު ހުކުރު ދުވަހު ވަނީ އޭނާ ކޯޓަށް ހާޒިރު ކޮށްފައެވެ. ފިނޭންސް މިނިސްޓަރު ކަމުން އޭނާ ދުރުކޮށްފައިވަނީ މާރިޗް މަހުގައެވެ.

މެލޭޝިޔަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އެމް.އޭ.ސީ.ސީ) ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، އެގައުމުގެ އެންޓި ކޮރަޕްޝަންގެ ގާނޫނުގެ ދަށުން، ލިމްގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފައެވެ.

މި މައްސަލަތަކުގެ ތަހުގީގުތަކަށް ލިމްގެ ފަރާތުން ދަނީ އެއްބާރުލުން ލިބެމުން ކަމަށް ވެސް އެމް.އޭ.ސީ.ސީ އިން ވިދާޅުވެފައިވެއެވެ.

އޭނާ ވަނީ 2008 އިން 2018 އަށް ޕެނަންގްގެ ޗީފް މިނިސަޓަރުކަން ކުރައްވައިފައެވެ. އެމަގާމުގައި ލިމް ހުންނެވި ދުވަސްވަރު ސޮއިކުރައްވައިފައިވާ އެއްބަސްވުމުގެދަށުން ހައިވޭތަކާއި، މެޓްރޯ ލިންކްއަކާއި ޕެނަންގާއި މެލޭޝިޔާގެ ވެރިރަށާ ގުޅުވުމަށް ކަނޑުއަޑީގެ ޓަނަލްއެއް ހެދުމަށްޓަކައި ބިމެއް ހަމަޖައްސައިދިން މައްސަލައަކާ ވެސް ލިމްއަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.

މެލޭޝިޔާގެ ފާމެއް ކަމަށްވާ، ޒެނިތު ކޮންސްޓްރަކްޝަން އާއި ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް ގުޅިގެން މަސައްކަތް ކުރުމަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ. ނަމަވެސް ފަހުން މެލޭޝިޔާގެ ފާމުން ވަނީ ޗައިނާ ފާމްގެ ހިއްސާ ގަނެފައެވެ.

އުމުރުން 59 އަހަރުގެ ލިމް އަކީ ޕަކަތަން ހަރަޕަންގެ ވަފާތެރިންގެ ތެރެއިން، ގާނޫނީ މައްސަލަތަކުގެ ތެރޭގައި އެންމް ފުރަތަމަ ތާށިވި މީހުންގެ ތެރެއިން އެކެކެވެ. ލިމްގެ އިތުރުން، ޕަކަތަން ހަރަޕަންގެ 22 މަހުގެ ދައުރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ، ސަޔީދް ސޯދިސް ސަޔީދް އަބްދުއްރަހްމާން، އަކީވެސް ރިޝްވަތާއި ގުޅިގެން ތަހުގީގާ ކުރިމަތިލާން ޖެހިފައިވާ މީހެކެވެ.

Advertisements