ރަށަށް ހޯމް ކަރަންޓީނަށް ދެވޭނެ އުސޫލްތަކެއް އެޗްޕީއޭއިން އާންމު ކޮށްފި

0

ރަށްރަށަށް ކަރަންޓީނަށް ދެވޭނެ ހާއްސަ އުސޫލްތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން ބުނީ ރަށްރަށަށް ދާން ބޭނުންވާ މީހުން ޕޯޓަލްގައި ރަޖިސްޓްރީވުމަށް ފަހު ހޯމް ކަރަންޓީނަށް ދާން ބޭނުންވާ ބައި ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ރަށްރަށަށް ކަރަންޓީނަށް ދިއުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލްތަކަކީ:

  • މެޑިކަލް އިމާޖެންސީއެއްގައި / ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި ގުޅިގެން،
  • މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެން،
  • ރަސްމީ ބޭނުމަކަށް މާލެއައިސް ރަށަށް ދިއުމަށް،
  • ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެން،
  • ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހުމާއި ގުޅިގެން، ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

ހޯމްކަރަންޓީނަށް ދިއުމަށް އެދުމަށް ފަހު އެކަމާ ގުޅެ ލިޔެކިޔުންތައް ރަށު ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ކަރަންޓީން ވާން އެދޭ ތަން ބެލުމަށްފަހު ހޯމް ކަރަންޓީން ވުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޝަރުތުތައް ހަމަވާން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެއިތުރުން ފުރުމަށް ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިންގ ނޯޓިސް ލިބުމުން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

 

Advertisements