މަޝްހޫރު ދުވުންތެރިޔާ، ޝިފާޒު އެއްވަނަ ހޯދާފައިވަނީ، އިންޑިޔާގެ ނިއުދިއްލީގައި ބޭއްވި "އެޕޯލޯ ނިއުދިއްލީ މެރަތަން" އިންނެވެ.

މި ފަޚުރުވެރި އޭނާ އެއްވަނަ ހޯދާފައިވަނީ، 30 އަހަރާއި 40 އަހަރާ ދެމެދުގެ ޢުމުރުފުރާއިންނެވެ. ޝިފާޒު މި މުބާރާތުގައި ބައިވެރިވެފައިވަނީ، އައިލެންޑް ރަނާރސްގެ ފަރާތުންނެވެ. މި ދުވުމުގައި އައިލެންޑް ރަނާސްގެ އިތުރު ދުވުންތެރިންވެސް ވަނީ ބައިވެރިވެފައެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ، އޭނާ ރޭސް ނިންމާފައިވަނީ، ނޭޝަނަލް ޓީމަށް ކޮލިފައިވާ ޓައިމިންގ އަށްވުރެވެސް އަވަހަށެވެ. މިއީ ރާއްޖެއަށް ލިބިގެންދިޔަ އިތުރު ކާމިޔާބީއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އިންޑިއާގެ ނިއުދިއްލީގައި ކޮންމެއަހަރަކު ވެސް ބާއްވާ މި ދުވުމުގައި މިއަހަރު ވަނީ އައިލެންޑް ރަނަރސްގެ ގިނަ ދުވުންތެރިންތަކެއް ވެސް ދުވެފައެވެ. އޭގެތެރޭގައި ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވުމުގެ ރެކޯޑު އޮންނަ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) ވެސް ވަނީ އޭނާގެ 98 ވަނަ ފުލް މެރަތަން ދުވެފައެވެ.

ހަމަމިއާއެކު ޝަންނަ ވަނީ އޭނާގެ 17 ވަނަ 17 ވަނަ ފުލް މެރަތަން 3:51 (ތިންގަޑި ފަންސާސް އެއް މިނެޓު) އިން ނިންމާ، 4 ގަޑިއިރު، ބްރޭކްކުރު މީހުންގެ ލިސްޓުގައި ހިމެނިފައެވެ. މި ދުވުމުގައި އައިލެންޑް ރަނަރސް އިން ދުވި އިތުރުބައިވެރިން ވެސް ވަނީ ރަނގަޅު ޓައިމިންގތަކެއް ހަދާފައެވެ.

https://web.facebook.com/IslandRunnersMV