އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މޮރިޝަސްގެ އެންމެ މަތީ ޝަރަފު ކަމަށްވާ ދަ ގްރޭންޑް ކޮމާންޑަރ އޮފް ދަ އޯޑަރ އޮފް ދަ ސްޓާ އެންޑް ކީ އޮފް ދަ އިންޑިއަން އޯޝަން، އަރުވައިފިއެވެ. މިޝަރަފް އެރުވީ މޮރިޝަސްގެ ބޮޑުވަޒީރު ނަވިން ރަމްގޫލަމް އެވެ. ޕީއެމް މޯދީ އަކީ އިންޑިއާ އާއި މޮރިޝަސްއާ ދެމެދު ގުޅުން ބަދަހި ކުރުމަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް އިއުލާން ކުރެއްވިއެވެ. މިއީ، އެވޯޑް ލިބިވަޑައިގަތް ފުރަތަމަ އިންޑިއާ ފަރާތެވެ.
މިއީ ބޭރު ގައުމަކުން މޯދީއަށް ބައިނަލްއަގުވާމީ ގޮތުން ދިން 21 ވަނަ އެވޯޑެވެ.
ރަމްގޫލާމް ވިދާޅުވީ މޯދީ އަކީ މިޝަރަފު ލިބުނު ފަސް ވަނަ ބިދޭސީ ފަރާތްކަމަށްވެސް ވިދާޅުވެފައެވެ.