20 އަހަރު ވަންދެން އަޅުދާސްކޮށްގެން ގެންގުޅުނު މީހަކު މިނިވަން ކޮށްފައި ވަނީ ކޮނެކްޓިކެޓްގެ ފުލުހުންނެވެ. އެމީހާގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ އޭނާގެ ކޮޓަރީގައި ރޯކޮށްލުމުން އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ.
މި މީހާ އަޅުދާސްކޮށްގެން ގެންގުޅުނީ އޭނާގެ 56 އަހަރުގެ މަންމައާއި ދޮން ބައްޕައެވެ. ދެމީހުންގެ މައްޗަށްވެސް ދައުވާ އުފުލާފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި އެމީހާ ސަލާމަތް ކުރެވުނީ، ވޯޓާބަރީ ފަޔަރ އެންޑް ރެސްކިއު އަށް އަލިފާނުގެ ހާދިސާއެއް ހިނގިކަން އެނގިގެން އެގެއަށް ދިއުމުންނެވެ. ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އެމީހާ އަކީ އުމުރުން 32 އަހަރުގެ އަނެހެނެކެވެ. އޭނާ ބުނީ، އުމުރުން 11 އަހަރުން ފެށިގެން ބަންދުގައި ބަހައްޓާފައިވާ ކަމަށާއި އަދ އަލިފާން ރޯކޮށްލީ މިނިވަންކަން ބޭނުންވާތީ ކަމަށެވެ.
މިމީހާއަށް އަނިޔާކޮށް ބަނޑަށް ޖައްސައި އޭނާއާ މެދު ލާއިންސާނީ ގޮތަށް އަމަލުކޮށްފައިވާ ކަންވެސް ފުލުހުންނަށް ކިޔައިދިނެވެ.
ކޮން ގައުމެއްގަ ހިނގި ކަމެއްބާއޭ ހިތަށް އަރަނީ. .ޚަބަރު ލިޔާއިރު ތަފުސީލުކޮށް ލިޔުން ވަރަށް މުހިއްމު...